ފައްޔާޒު އެމްޑީޕީގެ ކައުންސިލް ބައްދަލުވުމެއްގައި/
ހަބަރު
12 Nov 2023 | 11:26
މިއަދަކީ މަޖިލީހުގެ ޑިމޮކްރެޓިކް ހަޔާތުގައި ލަދުވެތި ދުވަހެއް: ފައްޔާޒު

މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިމަތިލި ލަދުވެތި ދުވަހެއްކަމަށް އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

ފައްޔާޒު މިފަދައިން ވިދާޅުވެފައި ވަނީ މަޖިލީހުގެ 49 މެމްބަރުންގެ ސޮޔާއެކު ހުށައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ރިޔާސަތުން ބޭރުކޮށްލުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

ރިޔާސަތުން އެ ގަރާރު ބޭރުކޮށްލާފައި ވަނީ އެއީ މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ގަރާރެއްގެ ސިފަތައް ފުރިހަމަ ނުވާ ގަރާރެއްކަމަށް ބަޔާންކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށައެޅުއްވި ނިޒާމީ ނުކުތާއެއް ބަލައިގަނެގެންނެވެ. އަދި މިއަދު ހެނދުނު ކުރިއަށް ދިޔަ ދަންފަޅީގައި ރިޔާސަތު ބަލަހައްޓަވަން އިންނެވި ހަސަން އަފީފު ވަނީ ގަރާރު ބޭރުކޮށް މަޖިލީހުގެ ޖަލްސާ ވެސް ނިންމާލާފަ އެވެ. 

އެކަމަށް އަލިއަޅުވާލައްވާ ފައްޔާޒު ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވީ އަފީފްގެ އެ އަމަލާއެކު މަޖިލީހުގެ ކުރީގެ ރައީސް މަސީހުގެ ޙުދުމުހުތާރުކަން ފަނޑުވެއްޖެ ކަމަށެވެ. އަދި މިއަދު އަފީފް އަމަލުކުރެއްވި ގޮތަކީ ވަރަށް ލަދުވެތި އަދި ފިނޑި ގޮތެއް ކަަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވަނީ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ނުގެންދެވޭނެ ގޮތް ހެދުމަށް އަފީފް މިއަދު އަމަލުކުރެއްވި ގޮތުގެ ސަބަބުން މި ދުވަހަކީ ރާއްޖޭގެ ޕާލިމަންޓްރީ ޑިމޮކްރަސީގައި ކަޅު ދުވަހެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަފީފުގެ އަމަލުކުރެއްވި ގޮތުން މީ މަޖިލީހުގެ ހަޔާތުގައި އައި ލަދުވެތި ދުވަހެއްކަމަށް ފައްޔާޒު ސިފަކުރެއްވި އެވެ. 

އެއާއެކު އޭނާ ވަނީ އިތުބާރު ނެތްކަމުގެ މައްސަލައާއި ކުރިމަތިލައްވާ، ވޯޓާއި ކުރިމަތިލެއްވުމަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ހަމާސް
ތިކެރެފާގުރޫޕު ބޭރުކުރޭ
12 Nov 2023
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.