ސުލޫކު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ހަބަރު
12 Nov 2023 | 18:52
އީވާއާއި އަފީފު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށް ސުލޫކީ ކޮމެޓީން ނިންމައިފި

ރައްޔިިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށްލީ ގަވައިދާ ހިލާފަށް ކަމަށާއި، އެ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ފުރަތަމަ ތާވަލުކުރި ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި، އެފަހުން ތާވަލުކުރި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް މަޖިލީހުގެ ސުލޫކު ކޮމެޓީން ނިންމައިފި އެވެ. 

ރިޔާސަތުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށް ބުނެ ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށައަޅާފައިވާ އެމްޑީޕީން ވަނީ ސުކޫލު ކޮމެޓީއަށް މައްސަލައެއް ހުށައަޅާފައެވެ. އެ މައްސަލައާއި ގުޅިގެން މިއަދުގެ 12:00 ގައި ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ އަފީފާއި އީވާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށް ފާސްކޮށްފަ އެވެ. 

ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައާއި ގުޅިގެން މިއަދު 9:00 ގައި ބޭއްވި ޖަލްސާގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި ދިނުމަށް ހުށައަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ގަރާރެއްގެ ސިފަތައް ފުރިހަމަ ނުވާ ގަރާރެއްކަމަށް ކަނޑައަޅައި، ގަރާރު ބޭރުކޮށްލާފަ އެވެ. 

މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ރިޔާސަތުގައި އިންނަވާ އެ ގަރާރު ބޭރުކޮށްލާފައިވާއިރު، އެއީ ގާނޫނާއި ޚިލާފަށް ނިންމި ނިންމުމެއްކަން ފާހަގަކޮށް މިއަދުގެ 11:30 ހާއިރަށް އިތުރު ޖަލްސާއެއް ތާވަލުކުރި އެވެ. ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސާ އީވާ އެވެ. 

ބޭރުކޮށްލި ގަރާރު އަލުން ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅާއި އީވާ ވެސް ވަނީ ޖަލްސާ ނިންމާލާފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން، އެކަން ކުރެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ވަނީ ސުޕްރިމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅާ، އެކަން ކުރެވޭނެ ހުކުމެއް ސުޕްރިމް ކޯޓުން ހޯދާފައެވެ. 

އެގޮތުން މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައި ނުގަންނަވާ ހާލަތުގައި ވެސް އެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ސުޕްރިމް ކޯޓުން ކަނޑައަޅާފައިވާއިރު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިން މިއަދުގެ ޖަލްސާގައި ބުނެފައިވަނީ އިތުބާރު ނެތްކަމުގެ ގަރާރު ގަވައިދާއި ޚިލާފުކަމަށެވެ.

އެގޮތުން ގަރާރު ހުށައަޅާއިރު ދީބާޖާއެއް އޮންނަން ޖެހޭ ކަމަށާއި، ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގައި އެބައި ފުރިހަމަ ނުވާކަން ޑިމޮކްރެޓސްގެ މެމްބަރުން ފާހަގަކުރެއްވި އެވެ. 

މިއަދުގެ ޖަލްސާގައި ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ އެ ގަރާރު މިހާރު ހުށައަޅާފައި އޮތް ގޮތަށް ކުރިއަށް ގެންދިޔަ ނުދެއްވާނެކަމަށް ވިދާޅުވެ އިހުތިޖާޖުކޮށް އަޑުއުފުއްލަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.