އަލް ޝިފާ ހޮސްޕިޓަލުގެ ނިކޫގައި ފަރުވާ ހޯދަމުންދާ ކުދިން. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
12 Nov 2023 | 19:26
އިޒްރާއިލުން އަލް ޝިފާއަށް ދިން ހަމަލާގައި އެހޮސްޕިޓަލުގެ ހިތުގެ ބަލީގެ ވާޑް ހަލާކުވެއްޖެ

އިޒްރާއިލުން ފަަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އަލް ޝިފާއަށް ދިން ހަމަލާގެ ސަބަބުން އެ ހޮސްޕިޓަލްގެ ހިތުގެ ބަލީގެ ވޯޑް ހަލާކުވެއްޖެއެވެ.

އަލްޖަޒީރާގައި ފަލަސްޠީނުގެ ހެލްތް އޮފިސަރަަކަށް ހަވާލާދީ ބުނެފައިވަނީ އިޒްރާއިލްގެ ވައިގެ ހަމަލާގެ ސަބަބުން އަލް ޝިފާގެ ހިތުގެ ބަލީގެ ވޯޑް ހަލާކުވެފައި ވާކަމަށެވެ.

“އިޒްރާއިލުން އަލް ޝިފާގެ ހިތުގެ ބަލީގެ ވޯޑް އެއްކޮށް ހަލާކުކޮށްލައިފި، ދެ ފަންގިފިލާގެ ޢިމާރާތް އެއްކޮށްހެން ބިމާއި ހަމަވެފައި،” ފަލަސްޠީނުގެ ހެލްތް މިނިސްޓްރީގެ ޑެޕިޔުޓީ ވިދާޅުވެފައިވެއެވެ.

އިޒްރާއިލުން އަލް ޝިފާއަށް ދިން ހަމަލާގެ ސަބަބުން އެ ހޮސްޕިޓަލްގެ ކަރަންޓު ކެނޑުމުގެ ސަބަބުން ފަރުވާދިނުން ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ.

އޮކްސިޖަން ނުލިބުުމުގެ ސަބަބުން އެހޮސްޕިޓަލްގެ ނިކޫގައި ތިބި ދުވަސްނުފުރާ ވިހައިފައި ތިބި ކުދިންގެ ފުރާނަ ވަނީ ނުރައްކަލަށް ހުށައެޅިފައެވެ. ރޭ އޭގެ ތެރެއިން ދެކުއްޖަކު ވަނީ ނިޔާވެފައެވެ.

އަލް ޝިފާ ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާދީފައި ވާއިރު، ޣައްޒާގެ އެހެން ހޮސްޕިޓަލް ތައްވެސް ހުރީ ނުރައްކާތެރި ހާލަތެއްްގައެވެ. ގިނަ ހޮސްޕިޓަލް ތަކުގައި އަނިޔާވާ މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލް ތަކުގެ ބިންމަތީގައެވެ.

ޣައްޒާގެ އަލް އަހްލި ހޮސްޕިޓަލުން ލޭ ހުސްވެ އެ ހޮސްޕިޓަލުގައި ޒަޚަމްވެގެން ފަރުވާ ހޯދަމުންދާ މީހުން ލެއަށް ބޭނުންވެ ލޭ ނޭޅިގެން ނިޔާވަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.