މަޖިލީހުގެ އަމީންއާންމު-- ފޮޓޯ: މިހާރު
ހަބަރު
12 Nov 2023 | 21:54
ނަޝީދު މަޤާމުން ވަކިކުރުން މާދަމާއަށް ވެސް އެޖެންޑާކޮށްފި

ގަރާރު ބޭރުކުރުން ގަބޫލުނުކުރާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު ގޯސްކަމަށް ނިންމައި ރިޔާސަތުން އެ ގަރާރު ބޭރުކޮށްފައިވަނިކޮށް، އެ ގަރާރު މާދަމާގެ ޖަލްސާއަށް ވެސް އެޖެންޑާކޮށްފި އެވެ.

ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީގެ 49 މެމްބަރުންގެ ސޮއި އާ އެކު ހުށަހަޅާފައިވާ ގަރާރު ފަސް ފަހަރެއްގެ މަތިން އެޖެންޑާކޮށްގެން ވެސް ކުރިއަށް ނުގެންދެވުނީ އީވާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ އެ ޖަލްސާތަކަށް ސަލާން ފޮނުއްވުމުންނެވެ. އޭރު މަޖިލީހުގެ އިދާރާއިން ނިންމާފައި އޮތީ، މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް، މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު އިންނަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ.

މިކަމާއި ބެހޭގޮތުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ އީވާ ނެތަސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މެމްބަރުންނަށް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށެވެ.

އެއާ އެކު، ނަޝީދުގެ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމުން، ޑިމޮކްރެޓްސް މެމްބަރުން ވަނީ އެ ގަރާރު ހުށަހަޅާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ޖަލްސާ ކުރިއަށް ގެންދަން ހުރަސްއަޅުއްވައިފަ އެވެ. އެ ޖަލްސާއަށް އީވާ އަނެއްކާ ވެސް ސަލާން ވިދާޅުވެފައިވާތީ، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ހަސަން އަފީފް ވަނީ އެކަން ބަލައިގަންނަވައި، ގަވާއިދާ ހިލާފު ގަރާރެއް ކަމަށް ކަނޑައަޅުއްވައި، އެ ގަރާރު އަލުން ހުށަހަޅަން އަންގަވައިފަ އެވެ.

އަފީފް ޖަލްސާ ނިންމައިލައްވަން އުޅުއްވުމުން، މަޖިލީހުގެ އަމީންއާންމު ވަނީ އެ ކަން އެގޮތަށް ނުކުރެވޭނެ ކަމަށް ލަފާ ދެއްވާފައިއެވެ. އަދި އެ ނިންމުން ގޯސްކަމަށް ގަބޫލުކުރެވޭތީ، މަޖިލީހުގެ އިދާރާއިން ވަނީ އިތުރު ޖަލްސާއެއް މިއަދު ހެނދުނު ތާވަލުކޮށް، ނަޝީދުގެ ގަރާރު އަލުން އެޖެންޑާކޮށްފަ އެވެ.

ނަމަވެސް، 11 ޖެހިއިރު ބޭއްވި އެ ޖަލްސާގެ ރިޔާސަތާ އީވާ ހަވާލުވެވަޑައިގެން ވަނީ، ނަޝީދު ވަކިކުރުމުގެ ގަރާރު ބޭރުކޮށްފައިވާ ކަމަށް ކަނޑައަޅުއްވައި، ޖަލްސާ ނިންމަވާލައްވައިފަ އެވެ.

އަފީފާއި އީވާ ވެސް ގަރާރު ބޭރުކޮށްފައިވަނީ ގޯސްކޮށް ކަމަށް މަޖިލީހުގެ އިދާރާ އިން ގަބޫލުކުރާ ކަން އެނގިފައިވާ އިރު، މާދަމާގެ ހެނދުނު 11:00 އަށް ޖަލްސާއެއް ތާވަލުކޮށް، އެޖެންޑާކޮށްފައިވަނީ ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވަކިކުރުމުގެ ގަރާރު އެކަންޏެވެ.

މިއަދު ބޭއްވި ދެ ޖަލްސާގައި އަފީފާއި އީވާ އަމަލުކުރެއްވި ގޮތުން، އެ ދެ މެމްބަރުން މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އަދި ކޮމިޓީގެ މިއަދުގެ ޖަލްސާގައި ވަނީ ނަޝީދުގެ އިތުބާރުނެތް ކަމުގައި މައްސަލައިގެ ރިޔާސަތުގައި ޑިމޮކްރެޓްސްގެ އެއްވެސް މެންބަރަކު ނުތިބެވޭނެ ގޮތަށް އެދުމަށް ވެސް ނިންމައިފަ އެވެ. އެގޮތަށް އެދުމުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ހޯދުމަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށް އާންމު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ނަޝީދުގެ އިތުރުން، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރަން ސޮއި ހަމަކޮށް، ގަރާރެއް ހުށަހެޅުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.