Advertisement

ބަޖެޓް ހުށައަޅާ ޖަލްސާއަށް ހާޒިރުވުމަށް ފިނޭންސް މިނިސްޓަރު އުޒުރުވެރި ވެވަޑައިގެންފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ފޮޓޯ: ދަ ޓައިމްސް އޮފް އައްޑޫ

މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ހުށައަޅާ ޖަލްސާއަށް  ހާޒިރުވެ ވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އުޒުރުވެރިވެ ވަޑައިގެންފިއެވެ.

 އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެބޭފުޅާގެ ބަލި ހާލަތު ހުރި ގޮތުން މާދަމާ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވެން ނެތް ކަމަށެވެ.

2024 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް 13 ނޮވެމްބަރު 2023 ގައި މަޖިލީހަށް ހުށައެޅުމަށް ތާވަލު ކޮށްފައި ވީ ކަމުގައި ވިޔަސް  ފިނޭންސް މިނިސްޓަރުގެ ޣައިރު ހާޒިރުގައި ބަޖެޓެއް ހުށައެއް ނޭޅޭނެއެވެ.

Advertisement

ކޮމެންޓް