އައިއޭސީން ހޮޓް މީލް ޕެކް ތައްޔާރު ކުރަނީ-- ފޮޓޯ: އައިއޭސީ
ހަބަރު
13 Nov 2023 | 09:02
އައިއޭސީން ޣައްޒާގެ 500 އާއިލާ އަކަށް މީލް ޕެކް ބަހައިފި

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ޣައްޒާގެ 500 އާއިލާ އަކަށް ހޮޓް މީލް ޕެކް ބަހައިފިއެވެ.

އައޭސީން ބުނެފައިވާ ގޮތުގައި މި މީލް ޕެކް ބަހާފައި ވަނީ ހަނގުރާމަ އެންމެ ބޮޑު އެއް ހިސާބު ކަމުގައިވާ ނޯތް ޣައްޒާގެ ޖަބަލިއްޔާ ސަރަހައްދުގައި ކަމަށެވެ. މިއީ ނިރުބަވެރި ޔަހޫދީން ދާދި ފަހުން ފުލުފުލުން ހަމާދޭން ފެށި ޖަބަލިއްޔާ ކޭމްޕްވެސް ހުރި ހިސާބެވެ.

ހުއްޓުމެއްނެތި ޔަހޫދީންގެ ހަމަލާތައް ނޯތް ޣައްޒާއަށް ދެމުންދާއިރު، ހަނގުރާމައިގެ ތެރޭގައި މިފަދަ އެހީ ދިނުމަކީ އުނދަގޫ ކަމެއް ކަން އައިއޭސީން ފާހަގަކުރެއެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ހަމާލާތައް ޣައްޒާ ދޭން ފެށުމާއިއެކު އައިއޭސީން ވަނީ ދިވެހީންގެ އެހީ ޣައްޒާއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފަ އެވެ.

އެގޮތުން ޣައްޒާގެ އެތެރެއިން ތެޔޮ ހޯދައިގެން ހޮސްޕިޓާތަކަށް ތެޔޮ ފޯރުކޮށްދިނުމާއި، އަސާސީ ގޮތުން ކޮންމެހެން ބޭނުންވާ ތަކެތި ދިނުމާއި، މީލް ޕެކް ބެހުމުގެ އިތުރުން ނަގުދު ފައިސާވެސް އާއިލާ ތަކަށް ވަނީ ބަހާފައެވެ.

މީގެ އިތުރުން، ދިވެހިންގެ އެހީގެ ބޮޑު ގާފިލާއެއް ރަފާހު ބޯޑަރ މެދުވެރިކޮށް ޣައްޒާއަށް ވެއްދުމަށް އެ ޖަމިއްޔާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ޣައްޒާއަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި 11،078 މީހަކު ޝަހީދު ވެފައިވާއިރު ޝަހީދުންގެ ތެރޭގައި 4506 ކުޑަކުދިން ހިމެނެއެވެ. އަދި ހަމަލާތަކުގައި މިހާތަނަށް 27،490 މީހަކު ޒަޚަމްވެފައި ވާއިރު، އޭގެ ތެރޭގައި 8،633 ކުޑަކުދިން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.