ޝިފާ ހޮސްޕިޓަލްގެ ގޯތިތެރޭގައި ވަގުތީ ހިޔާ ހޯދަމުންދާ މީހުން. ފޮޓޯ: ޢަރަބް ނިއުސް
ދުނިޔެ
13 Nov 2023 | 10:05
ގޮތް ހުސްވެ ޣައްޒާގެ އެންމެ ބޮޑު ދެހޮސްޕިޓަލްގެ ޚިދްމަތް ހުއްޓައިލައިފި

ޚިދްމަތް ދެވޭނެ ގޮތް ނެތި ގޮތް ހުސްވެގެން ފަލަސްޠީނު ޣައްޒާގެ އެންމެ ބޮޑު ދެ ހޮސްޕިޓަލްގެ ޚިދްމަތް ހުއްޓައިލައިފިއެވެ.

ޣައްޒާގެ އެންމެ ބޮޑު ދެހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލާއި އަލް ޤުދުސް ހޮސްޕިޓަލް ޚިދްމަތް ދެވޭނެ ގޮތް ނެތި ހުއްޓިފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަލްޖަޒީރާގައި އިތުރަށް ބުނެފައިވަނީ ޝިފާ ހޮސްޕިޓަލްގެ ވަށައިގެން ކޮންމެ މީހެއްގެ ގަޔަށް އިޒްރާއިލްގެ ސްނައިޕަރުން ބަޑިޖަހަމުން ދާކަމަށެެވެ.

މީގެއިތުުރުން ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އަލް ޝިފާގެ މުވައްޒަފުން ދަނީ ޝަހީދުވެފައި ތިބި މީހުން ވަޅުލާނެ ގޮތެއް ނެތި އެކަމުގެ ތަކުލީފުތައް އުފުލަމުން ކަމަށެވެ. އަދި އެހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވި 100 މީހުންގެ ހަށިގަނޑު އެހޮސްޕިޓަލް ތެރޭގައި ވަޅުނުލެވި ވާކަމަށެވެ.

ހަމަ މިއާއި އެކު ހޮސްޕިޓަލްގެ ޢިމާރާތުގެ ތެރެއިން މެޑިކަލް ވޭސްޓް ބޭރު ނުކުރެވި ފުނި ޖެހެމުންދާތީ ހޮސްޕިޓަލްގެ ސްޓާފުންނަށް އެތައް އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

މި ތަކްލީފުތަކާއި އެކު އެހޮސްޕިޓަލްގައި ތިބި މެޑިކަލް އޮފޮސަރުންނާއި ބަލި މީހުން މިވަގުތު ތިބީ އެ ހޮސްޕިޓަލްގައި ތާށިވެފައެވެ. އިޒްރާއިލްގެ ސިފައިން ވަނީ ހަތިޔާރާއި އެކު އަލް ޝިފާ ވަށައިލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.