ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު އާއި ވަކީލު އަބްދުﷲ ސިޔާޒު--
ހަބަރު
13 Nov 2023 | 11:15
"މަސްލަޙަތު ފުށުއެރުމުގެ މާނަ މާ ބޮޑަށް ފުޅާ ކުރާނަމަ، ނަޝީދު ވަކިކުރާ ޤަރާރަށް ބަހުސްކޮށް ވޯޓު ލެވޭނެ ބަޔަކު ތިބޭނެބާ؟"

ދިވެހިރާއްޖޭގެ ބަންޑާރަ ނާއިބު، އިބްރާހީމް ރިފްޢަތު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލާގައި ޑިމޮކްރެޓްސް ގެ މެންބަރަކު ރިޔާސަތުގައި އިންނެވުމުން 'މަސްލަހަތު ފުށުއަރާ' ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ސިޔާޒު ރައްދުދެއްވައިފިއެވެ. 

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ، ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވޭތީ، އެ މައްސަލާގައި ބަންޑާރަ ނާއިބުގެ ލަފާ ހޯދުމަށް މަޖިލީހުގެ އާއްމު ކޮމިޓީން އިއްޔެ ވަނީ ނިންމާފައެވެ. 

އެ މައްސަލާގައި ބަންޑާރަ ނާއިބު، ރިފްޢަތު ކުރެއްްވި ޓުވީޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެންބަރަކު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަޙަތު ފުށުއެރުމުގެ އުޞޫލާ ދިމާ އިދިކޮޅު މާނަކުރުމެއް ކަމަށް ވިދާޅުވެފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުޙިއްމުކަމަށް އިސްކަންދޭންޖެހޭ." ރިފްޢަތު ވިދާޅުވި އެވެ. 

ރިފްޢަތުގެ ވާހަކަ ތަކަށް ރައްދު ދެއްވައި، ސިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސްލަޙަތު ފުށުއެރުމުގެ ބަހުސަކީ ވަރަށް ފުޅާ ބަހުސެއް ކަމަށެވެ. 

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވާ ޕާޓީގެ މެމްބަރަކު ރިޔާސަތު ބެލެހެއްޓުން އެއީ މަސްލަޙަތު ފުށުއަރާ ކަމަކަށް ވާނަމަ، ޤަރާރުގައި ސޮއިކުރި މެމްބަރުންހިމެނޭ ޕާޓީއެއްގެ މެމްބަރަކު ރިޔާސަތު ބެހެލެއްޓުންވެސް ވާނީ މަސްލަޙަތު ފުށުއެރުން ކަމަށް ސިޔާޒް ވިދާޅުވި އެވެ.

"މަޞްލަޙަތު ފުށުއެރުން މާނަ ފުޅާކުރެވިދާނެ ޤަރާރުގައި ސޮއިކޮށްފައިވާ މެމްބަރަކު ހިމެނޭ ޕާޓީއެއްގެ މެމްބަރަކު ގަރާރަށް ވޯޓު ލުމަކީވެސް މަސްލަޙަތު ފުށުއެރުން ކަމަށް ވާނެ ކަމަށް.  އެމިންވަރަށް މަސްލަޙަތު ފުށުއެރުން މާނަ ފުޅާކޮށްފިނަމަ ޖަލްސާގައި ބައިވެރިވެ، ރިޔާސަތު ބަލަހައްޓާ، ޤަރާރަށް ބަހުސްކޮށް ވޯޓު ލެވޭނެ ބަޔަކު ތިބޭނެތަ؟" ސިޔާޒު ވިދާޅުވި އެވެ. 

ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީން އިއްޔެ މަޖިލިހަށް ހުށަހެޅި ގަރާރު ބޭރުކުރުމަށް ރިޔާސަތުން ނިންމާފައިވާއިރު، އެކަމުގައި ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް އާއްމު ކޮމިޓީން ނިންމުމާއި ގުޅިގެން ބަންޑާރަ ނާއިބު ވަނީ އެކަން މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ބަންޑާރަ ނައިބް އިބްރާހީމް ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލިހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރަކީ މަޖިލިހުގެ ގަވައިދުގެ 167، 168، 169 ވަނަ މާއްދާގައި ބަޔާން ކުރާ މެމްބަރުން ހުށަހަޅާ "އާންމު" ގަރާރުތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ހިނގާ ގަރާރެއް ނޫން ކަމަށެވެ.

ކޮމެންޓް
ބަލަކް
ފެންނަނީ ކުޅިގަނޑެއް ކުޅޭތަން. އެކަން ކުރަނީ ކޮން ބައެއްކަންވެސް ސާފުކޮށް އެބަ އެނގޭ.އެމީހުންގެ ކިބައިން ސަލާމަތްްވެގެން މަޖިލިސް ކުރިއަށްދާން. މަސްލަހަތު އެބައޮތް ކޮންމެ ރައްޔިތެްގެވެސް ތިބުނާގޮތަށް.
13 Nov 2023
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.