ގޯތި ލިބުނު މީހުންގެ ލިޔުން ހަވާލު ކުރަނީ-- ފޮޓޯ/އަވަސް
ހަބަރު
13 Nov 2023 | 12:14
ގަވައިދާ ޚިލާފަށް ގޯތީގެ ލިޔެކިޔުންތައް ނޯޓަރައިޒް ނުކޮށްދޭން އަންގައިފި

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ލިޔުންތައް ޤަވައިދާ ޚިލާފަށް ނޯޓަރައިޒްކޮށް ނުދިނުމަށް ބާ ކައުންސިލުން އަންގައިފިއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ލިޔުންތައް ޤަވައިދާ ޚިލާފަށް ނޯޓަރައިޒްކޮށްދެމުންދާ މައްސަލާގައި ބާ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތްކުރާ ބައެއް ގާނޫނީ ވަކީލުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ، ގޯތީގެ ލިޔެކިއުންތައް އޮންލައިންކޮށް ނޯޓަރައިޒް ކޮށްދޭކަން އެ ކައުންސިލުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާ އެކަން ކަމަކީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ ޚިލާފް ކަމެއް ކަމަށެވެ. 

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ލިޔުމެއްގައި ސޮއި ކޮށްފައި ވަނީ، ނޯޓަރައިޒް ކޮށްދޭ ފަރާތުގެ ކުރިމަތީގައިކަން ކަށަވަރު ކުރުމަށްޓަކައި ނޯޓަރައިޒް ކޮށްދޭ ލިޔުންތަކުގައި ސޮއި ކުރަންވާނީ، ނޯޓަރައިޒް ކޮށްދޭ ވަކީލުގެ ހާޒިރުގައެވެ. އަދި އޮންލައިންކޮށް ޕަބްލިކް ނޯޓަރީގެ ޚިދުމަތްދެވޭނީ ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާން ކޮށްފައިވާ ދަފްތަރުކުރުން މަނާ ހާލަތްތަކުގައި އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުން، ޚިދުމަތް އެދޭ ފަރާތާއި ގާނޫނީ ވަކީލާއި ބައްދަލުވެވެން ނެތް ޚާއްސަ ހާލަތް ތަކުގައެވެ. 

އެހެންކަމުން، ބާ ކައުންސިލުން ބުނީ، މި މައްސަލަ އަކީ ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގެ ދަށުން ޖޫރިމަނާވެސް ކުރެވޭނެ މައްސަލައެއް ކަމަށާ، އަދި އެއީ ވަކީލުންގެ ސުލޫކީ މައްސަލައެއްގެ ގޮތުގައިވެސް ބެލެވޭނެ ކަމެއް ކަމަށެވެ. 

ވުމާއެކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތައް އެގޮތަށް އެކަން ކުރުމުގެ ބަދަލުގައި އެ ޤައުމެއްގެ ޕަބްލިކް ނޯޓަރީއެއްގެ ޚިދުމަތް ހޯދުމަށް ބާކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ.

"އަދި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުގެ އެކި ބޭނުންތަކަށް ލިޔެކިއުންތައް ނޯޓަރައިޒް ކުރުމުގައި އެ ގައުމެއްގެ ޕަބްލިކް ނޯޓަރީއެއްގެ ހިދުމަތް ހޯދުމަށް އޮންނަ އުސޫލުގެ ދަށުން އަމަލުކުރެއްވުމަށް ދަންނަވަމެވެ." ބާކައުންސިލުން ބުންޏެވެ.

ނޯޓަރައިޒް ކުރުމަކީ ގާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދީ، އެނޫން ވެސް އެފަދަ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމެވެ.

ޤަވައިދާ ޚިލާފަށް ނޯޓަރައިޒްކޮށްދޭ ވަކީލުން ފުރަތަމަ ފަހަރު 25،000 - 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު ދެވަނަ ފަހަރު 50،000 - 150،000ރ. އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވެއެވެ. އަދި ކުޑަބޮޑު މިނަށް ބަލައި، އިތުރަށް ޖޫރިމަނާކުރެވޭ ކޮންމެ ފަހަރަކު 150،000ރ.، އާއި 300،000ރ. އާއި ދެމެދުގެ އަދަދަކުނ ޖޫރިމަނާ ކުރެވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.