ޣައްޒާގެ މިސްކިތެއް ހަލާކުވެފައި. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
13 Nov 2023 | 12:11
ޣައްޒާގެ 60 މިސްކިތެއް މިހާތަނަށް އިޒްރާއިލުން ހަލާކުކޮށްލައިފި

އޮކްޓޫބަރު 7ގައި އިޒްރާއިލުން ފަލަސްޠީނުގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 60 މިސްކިތެއް އިޒްރާއިލުން ހަލާކުކޮށްލައިފިއެވެ.

ފަލަސްޠީނުގެ ވަފާ ނޫހަށް ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލުން ޣައްޒާގެ ޞަބްރާ ނެއިބަރހުޑްގައި ހުންނަ އަލް ސަލާމް މިސްކިތައް އަމާޒުކޮށް ހަމަލާދީ އެމިސްކިތް ހަލާކުކޮށްލައިފައި ވާކަމަށެވެ.

އަދި އެމިސްކިތް ހަލާކުކޮށްލުމާއި އެކު އޮކްޓޫބަރު 7 ކުން ފެށިގެން އިޒްރާއިލުން ހަލާކުކޮށްލި މިސްކިތް ތަކުގެ ޢަދަދު 60 އަށް އެރީ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަޅުކަން ކުރާ މިސްކިތްތަކާއި ފައްޅި ފަދަ ތަންތަނަށް ހަމަލާދީ ހަލާކުކުރުމަކީ ބައިނަލް އަޤްވާމީ އިންސާނީ ހައްޤުތަކާއި ބެހޭ ޤަވާއިދުގެ ދަށުން މަނާކޮށްފައި އޮންނަ ކަމެކެވެ.

ރޭވެސް އިޒްރާއިލް ސިފައިން ވަނީ ޣައްޒާާގެ އެތަން މިތަނަށް ބޮމުގެ ހަމަލާތައް ދީފައެވެ.

އެގޮތުން ރޭވެސް ނުސައިރަތް ކޭމްޕަށާއި، ޖަބަލިއްޔާ އަދި ޚާން ޔޫނިސްއަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ރޭ ޖަބަލިއްޔާއަށް ދިން ހަމަލާގައި ރޭވެސް 19 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ހަމަލާދިން ސަރަހައްދުތަކުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައި ވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.