މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--
ހަބަރު
13 Nov 2023 | 13:04
އީވާ ރިޔާސަތުން ނުފޭބި؛ ރައީސް ނަޝީދުގެ މައްސަލަވެސް ކުރިއަށް ގެންދަން ފުރުސަތު ނުދިން!

ރައްޔިތުންގެ މަޖިލިހުގައި މިއަދު ކުރިޔަށް ގެންދަން ހަމަޖެހިފައި އޮތް، ދެ މަސައްކަތުގެ ތެރެއިން، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަވަން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله ފުރުސަތު ނުދެއްވުމުން މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް މެދުކަނޑާލަން ޖެހިއްޖެއެވެ. 

މިއަދު އެންމެ ފުރަތަމަ ބާއްވާގޮތަށް ހަމަޖެހިގެން ދިޔައީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމުގެ ޖަލްސާއެވެ. އެއަށްފަހުގައި އޮތީ ނަޝީދުގެ ރިޔާސަތުން ވަކިކުރާ ޖަލްސާ އެވެ. އެހެންނަމަވެސް ކޯރަމް ހަމަނުވެގެން ބަޖެޓް ޖަލްސާ ކުރިއަށް ނުގެންދެވުމުން އީވާ ވަނީ އެ ޖަލްސާ މެދުކަނޑާލުމަށްފަހު އަލުން ޖަލްސާ ބާއްވާނެކަން އިއުލާން ކުރައްވާފައެވެ.

ޑިމޮކްރެޓްސްގެ ބައެއް މެންބަރުން މަޖިލީހުން ބޭރު ކުޑަ ދަށުގައި މަޝްވަރާ ކުރިއަށް ގެންދަވަނީ-- ފޮޓޯ/ވޮއިސް 

އެ ޖަލްސާ މެދުކަނޑާލުމުގެ ކުރިން އީވާ ވިދާޅުވެފައިވަނީ ބަޖެޓަށްވުރެ މުހިންމު އެހެން ޖަލްސާއެއް ނޯންނާނެ ކަމުގައެވެ.

އެގޮތުން އިވާ ވިދާޅުވީ، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާއި އަދި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމުގައި މަޖިލީހުން މަސައްކަތް ކޮށ،ް އެ މަސައްކަތަށް ކުރިއެރުން ނުލިބި ލަސްވާނަމަ އޭގެ ގޮންޖެހުންތައް އެންމެނަށް ކުރިމަތި ވާނެ ކަމަށެވެ. 

"މިއަދުގެ މި ޖަލްސާއަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ، އަދި ސަޕްލިމެންޓަރީ ބަޖެޓުވެސް ހުށަހަޅާފައިވާ ޖަލްސާ. ބަޖެޓުގެ ކަންކަން ކުރިއަށް ގެންދިޔުމަކީ ކިހައި މުހިންމު ކަމެއްކަން އެންމެނަށްވެސް އަދި މިހާރުގެ ސަރުކާރުގެ މާލީ ވަޒީރަށްވެސް އެނގިވަޑައިގަންނަވާނެ. ދަތިތައް ދިމާވާނީ ސަރުކާރަށް އެކަންޏެއް ނޫން. ބަޖެޓާ ގުޅިފައިވާނީ ތަރައްގީގެ ހުރިހާ މަޝްރޫއެއް. ބަޖެޓާ ގުޅިފައިވާނީ އަމިއްލަ ރައްޔިތުން، އަމިއްލަ ވިޔަފާރިތައް ކުރާ ހުރިހާ މަސައްކަތެއް ވެސް ގުޅިފައިވާނީ ދައުލަތުގެ ބަޖެޓާ." އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--

އީވާ އިތުރަށް ވިދާޅުވީ ސްޕްރީމްކޯޓުން ނިންމި ހުކުމުގައިވެސް ރައްޔިތުންގެ މަޖިލީހުން ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތްތައް ކުރަން އަންގާފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، އެ ހުކުމުގައި ވަރަށް ސާފު ޞަރީހަ ބަހުން، ނަޝީދުގެ މައްސަލަ ނުނިމުނު ނަމަވެސް ދައުލަތުގެ ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭނެކަން އަންގާފައިވާ ކަމަށް އީވާ ވިދާޅުވި އެވެ. 

ކަންމިހެން ހުރި ނަމަވެސް، ބަންޑާރަ ނާއިބުގެ ލަފާއާއި އެކު ފިނޭންސް މިނިސްޓަރު އަމީރުވެސް މަޖިލީހަށް ހާޒިރު ނުވާއިރު، މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީ މެންބަރުން ވެސް ތިއްބެވީ މަޖިލީހުން ބޭރުގައި ކުޑަ ދަށުގައި ކަމަށް އީވާ ވިދާޅުވި އެވެ. އެހެންކަމުން ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށުނު އިރު ދެންވެސް ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވާނީ ބަޖެޓްގެ މަސައްކަތް ކަން އީވާ ފާހަގަކުރެއްވިއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--

އެގޮތުން ޖަލްސާ މެދު ކަނޑާލުމަށްފަހު ދެންވެސް އީވާ މަސައްކަތް ކުރެއްވީ، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާއަށް ފުރުސަތު ނުދެއްވައި ބަޖެޓްގެ ޖަލްސާ ކުރިއަށް ގެންދިޔުމަށެވެ. އެހެންނަމަވެސް އެޖަލްސާގައި އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފެށުމުން ޖަލްސާގެ ނިޒާމްވަނީ ގެއްލި މަޖިލިސް މެދުކަނޑާލުމަށްފަހު އަދިވެސް މަޖިލިސް ނުފެށެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.