މަޖިލީހުގެ ނައިބު ރައީސާ އީވާ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ--
ހަބަރު
13 Nov 2023 | 14:28
އީވާ އިންނެވީ "ބޭބެ ސަލާމަތްކުރަން ރިޔާސަތަށްވެރިވެ": ރޮޒައިނާ

އީވާ އިންނެވީ "ބޭބެ ސަލާމަތްކުރަން ރިޔާސަތަށްވެރިވެ" ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މިއަދު 11:00 އަށް އެޖެންޑާ ކޮށްފައިވީ ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ރިޔާސަތުގައި އިންނަވާ ޖަލްސާ ކުރިއަށް ނުގެންދެވިފަވާ މައްސަލައާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި މަޖިލީހުގެ ވީޑިއޯއަކާ އެކުއެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި، މަޖިލީހުގެ އަމީން އާއްމު ވިދާޅުވުމުންވެސް އީވާ ރިޔާސަތުން ފައިބާވަޑައިނުގެންނަވާ ކަމަށެވެ. އަދި އީވާ އިންނެވީ އޭނާއާއި ދެބެންގެ ދެދަރި ބޭބެ، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގޮނޑީގައި "ބައްދައިގެން" ކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ. 

ނަޝީދުގެ އިތުބާރު ނެތް މައްސަލަ މިއަދު 11:00 އަށް އެޖެންޑާ ކޮށްފައިވަނިކޮށް އެމްޑީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން މަޖިލީހަށް ވަން ނަމަވެސް އޭރު ރިޔާސަތުގައި އީވާ އިންނެވުމުން މެންބަރުން ވަނީ އަޑުގަދަކޮށް އީވާ ރިޔާސަތު ދޫކުރައްވައި ވަޑައިގަތުމަށް ގޮވާލައިފަ އެވެ.

މަޖިލީހުގެ އެމްޑީޕީ މެންބަރުން އެފަދައިން ކަން ކުރެއްވީ، މަޖިލީހުގެ އާންމު ކޮމިޓީއަށާ އަމީން އާއްމަށް ބަންޑާރަ ނާއިބު ދެއްވި ލަފާއާއި ގުޅިގެންނެވެ. އެ ލަފާގައި ބުނާ ގޮތުން ނަޝީދުގެ ނުފޫޒު އޮންނަ މެންބަރުންނަށް އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލަ ބަލަން ރިޔާސަތުގައި ނީނދެވޭނެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.