ޝިފާ ހޮސްޕިޓަލްގެ ގޯތި ތެރެ. ފޮޓޯ: ޢަރަބް ނިއުސް
ދުނިޔެ
13 Nov 2023 | 15:49
ޝިފާ ހޮސްޕިޓަލުގެ ކޯޓްޔާޑް ތެރޭގައި ހުރި ޝަހީދުންގެ ހަށިތައް ކުއްތާތައް ކެއުމަށް ދޫކޮށްލުމަށް މަޖުބޫރުވެފައި

އިޒްރާއިލުން ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ޣައްޒާ ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވެފައި ތިބި މީހުންގެ ހަށިތައް ކޯޓްޔާޑް ތެރެއަށް ކުއްތާތައް ކެއުމަށް ދޫކޮށްލުމަށް މަޖުބޫރުވެއްޖެއެވެ.

އަލް ޝިފާ ހޮސްޕިޓަލްގައި ރައްކާތެރިކަން ލިބޭނެ ކަމުގެ އުއްމީދުގައި ހުރި ފަލަސްޠީނުގެ ނޫސްވެރިޔަކަށް ހަވާލާދީ ޤުދުސް ނެޓްވޯކްގައި ބުނެފައިވަނީ އެހޮސްޕިޓަލުގެ ކޯޓްޔާޑް ތެރޭގައި ހުރި ޝަހީދުންގެ ހަށިތައް ކުއްތާކެޔަސް އެ ހަށިތައް އެހެން ދޫކޮށްލުމަށް މަޖުބޫރުވެފައިވާކަމަށެވެ. ހޮސްޕިޓަލްގެ ކޯޓްޔާޑާއި ހަމައަށްވެސް އެއްވެސް މިހަކަށް ނުނިކުމެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

“އަލް ޝިފާގެ ޙާލަތު ވަނީ ބަޔާންކޮށްދޭން ދަތި ޙާލަތަކަށް ވެއްޓިފައި، އަހަރެމެން މިތިބީ ބަނޑުހައި ހޫނުކަން ފިލުވަން ރޮއްޓެއްގެ މިންވަރުވެސް ނެތޭ ހިސާބުގައި، ޝިފާ ކޮމްޕްލެކްސްގެ ކޯޓުޔާޑް ތަކުގައި ހުރި ޝަހީދުންގެ ހަށިތައް ކުއްތާތައް ކެއުމަށް ދޫކޮށްލަން ވަނީ މަޖުބޫރުވެފައި، އެއްވެސް މީހަކަށް އެ ހަށިތަކާއި ހަމައަށް ދެވޭކަށް ނެތް” އެނާ ބުނެފައިވެއެވެ.

އިޒްރާއިލް ސިފައިން ވަނީ އަލް ޝިފާ ހޮސްޕިޓަލް ވަށައިގެން އެމީހުންގެ ފައުޖު އަތުރައިލައިފައެވެ. އަދި ޝިފާ ހޮސްޕިޓަލުން ބޭރަށް މީހަކު ނުކުންނަމަ އިޒްރާއިލްގެ ސްނައިޕަރުން ދަނީ ބޭރަށް ނުކުންނަ މީހުންގެ ގަޔަށް ބަޑިޖަހަމުން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އިޒްރާއިލުން އަލް ޝިފާއަށް ދިން ހަމަލާގެ ސަބަބުން އެހޮސްޕިޓަލުގެ ކަރަންޓު ކެނޑުމުގެ ސަބަބުން އެހޮސްޕިޓަލުގެ އައިސީޔޫގައި ތިބި ބަލިމީހުން ވަނީ ނިޔާވެފައިކަމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ވަނީ އިޢްލާނު ކޮށްފައެވެ. އަދި އެހޮސްޕިޓަލުގެ ނިކޫ ގައި ފަރުވާ ހޯދަމުންދިޔަ ދުވަސްނުފުރާ ވިހައިފައި ތިބި 37 ކުދިންގެ ތެރެއިން 9 ކުއްޖަކު ވެސް ވަނީ ނިޔާވެފައި ކަމަށް އަލްޖަޒީރާގައި ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.