ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުުން މިއަދު އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު
ހަބަރު
13 Nov 2023 | 17:43
އަޅުގަނޑުގެ ހުރިހާ އިސްތިއުފާ ސިޓީ އެއްގައިވެސް އެއް އިބާރާތެއް ފެންނާނެ: ރައީސް ނަޝީދު

އަދާކުރެއްވި މަޤާމުތަކުން އިސްތިއުފާ ދެއްވި ތިން ފަހަރުވެސް އިސްތިއުފާގެ ސިޓީގައި އެއް އިބާރާތެއް ތަކުރާރު ކުރައްވައިފައިވާނެ ކަމުގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ހުރިހާ އިސްތިއުފާއެއްގެ ސިޓީއެއްގައިވެސް އެއް އިބާރާތެއް ފެންނާނެ ކަމުގައިވިދާޅުވެފައެވެ. 

ތިހުރިހާ އިސްތިއުފާއެއްގައިވެސް އަޅުގަނޑަށް ހީވަނީ އެއް އިބާރާތެއް ފެންނާނެހެން ސިޓީގައި 

ރައީސް ނަޝީދު 

މިއާ ވިދިގެން އެމަނިކުފާނު ވިދާޅުވީ، އަބަދުވެސް ބަލަންޖެހޭނީ އިންސްޓިޓިއުޓްއަށް ގެއްލުމެއް ވާނެތޯ ނުވަތަ ނޫންތޯ ކަމަށާއި އިންސްޓިޓިއުޓްގެ ބާރު ކެނޑޭ ހާލަތަށް ކަންކަން ދާންފެށުމުން، ރައްޔިތުންގެ މަޖިލީހަށް ގެއްލުންވާ ފަދަ ކަންކަން ވުމަށް އެމަނިކުފާނު ޖާގަ ދީގެން ހުންނެވުމަކީ ރަނގަޅު ގޮތަކަށް ނުވާނެކަމަށް ދެކި ލައްވާކަމަށެވެ. 

2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ވަނީ އޭރު އެމަނިކުފާނު އަދާކުރައްވަމުން ގެންދެވި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ. އަދި މި އަހަރު އެމްޑީޕީގެ ރައީސްކަމުގެ މަޤާމުންވެސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ. އަދި މިއަދު އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ތާވަލު ކުރެވިފައި ވަނިކޮށް އެމަނިކުފާނު އަމިއްލަފުޅަށް ވަނީ އެ މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ. 

ފާހަގަ ކޮށްލަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވި ސިޓީގައިވަނީ އެ މަނިކުފާނު އެ މަގާމުގައި ހުންނަވައިފި ނަމަ ދިވެހި ގައުމާ ރައްޔިތުންނަށް ގެއްލުން ލިބިދާނެ ކަމަށް ދެކިލައްވާތީ އެ މަގާމުން އިސްތިއުފާ ދެއްވާކަމަށެވެ. އަދި މިއަހަރު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވި ސިޓީގައި ވެސް ވަނީ އެ ޕާޓީގެ ރައީސް ކަމުގައި ހުންނަވައިފި ނަމަ ޕާޓީއަށާއި ޕާޓީގެ މެންބަރުންނަށް ގެއްލުން  ލިބިދާނެ ކަމަށް ދެކިލައްވާތީ އެ މަގާމުން އިސްތިއުފާ ދެއްވާކަމަށެވެ. އަދި ހަމަ އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އިސްތިޢުފާ ދެއްވައި މިއަދު ފޮނުއްވި ސިޓީގައިވެސް ވަނީ އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިފި ނަމަ ރައްޔިތުންގެ މަޖިލީހަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެ ކަމަށް ގަބޫލުކުރައްވާތީ އެ މަގާމުން އިސްތިއުފާ ދެއްވާ ކަމުގައެވެ. 

ކޮމެންޓް
ހުސަެނުބެ
ތިމާހުރެގެން އެހުންނަ ތަނަކަށް ގެއްލުންވާ ހާލަތަށް އެދަނީ ތިމާގެ ތަސައްރަފު ނުފުދޭތީއެވެ. ޢެތަނަކަށް ނުވަތަ އެބަޔަކަށް ދުއްތުރާވާތީއެވެ. ނުވަތަ އެތަނެއް ހަލާކުކުރާތީއެވެ. ތިޔަހުރީ ވަށައިގެން ފެއިލްވެފައެވެ.
13 Nov 2023
ހަމާސް
އިސްތިއުފާ އިސްތިއުފާ ތިޔަދެމީހުން މަޖިލީހުންވެސް އިސްތިއުފާދީ އެއިރުން ތިމަޖިލިސްހިންގަން ވަރައްފަސޭހަވާނެ
13 Nov 2023
ކޮރަކަލި
ރަގަނޅީ އަޅުގަޑު އިސްތިއުފާ ނުދިނީޔާ ސަޕޯޓަރުންނާ ރަހުމައްތެރިންގެ ބޮލަ ގުއިދުއްވާފައި އަދިނުވީތަނަ އަޅުގަނޑުވެސް ރަތައް އަރުވާފައި
13 Nov 2023
މުހަންމަދު
ސާބަސް ،ތިޔައޭ ހިއްވަރުހުރި ގަދަ ބޭފުޅެއް ،
13 Nov 2023
ހަސީނަަ
މިއީ މީނަގެ ނުލަފާކަމުން ދިވެހިން ސަލާމަތްވި ދެވަނަ ފަހަރެވެ. ދެނެއް މަޖްލީހަކަށްވެސް ދުވަހަކުވެސް ނުހޮވޭނެއެވެ.
13 Nov 2023
އަހުމަދު ހަސަން
ހެޔޮކޮށް އެކަމެއްގައި މަނިކުފާނުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ހުރުމަށްވުރެ ނެތުން އެންމެ ރަނގަޅުވީމަ ދެން ހަދަންވާގޮތް ތިޔަ ހައްދަވަނީ... 👏👏👏👏👏
13 Nov 2023
ދުސްތޫރީ
ލިޔެވިދާނެތާ ކޮންމެ އެއްޗެކޭވެސް. " ތިޔައީ މިގައުމަށް ގައްދާރެއް" އަހަރެންވެސް މިފެށީ މިހެން ލިޔަން ދެން ގިނައިން ލިޔުނީމަ އެއީ ތެދެއް ކަމަށް ގަބޫލުކުރާނަންތޯ
13 Nov 2023
ގުޅޭ ލިޔުންތައް
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.