ރައީސް މުހައްމަދު ނަޝީދު
ހަބަރު
13 Nov 2023 | 20:05
19 ވަނަ މަޖިލީހަކީ، މިހައިތަނަށް ހިނގައިފައި އޮންނާނެ އެންމެ ޑިމޮކްރެޓިކް މަޖިލިސް: ނަޝީދު

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގައި މިހައިތަނަށް ހިނގައިފައި އޮންނާނެ އެންމެ ޑިމޮކްރެޓިކް މަޖިލިސް ކަމަށް މަޖިލީހުގެ ރައީސްގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު، އެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް ތައައްސުބެއް ނެތި ބައްލަވައިފިނަމަ، މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގައި މިހައިތަނަށް ހިނގައިފައި އޮންނާނެ އެންމެ ޑިމޮކްރެޓިކް މަޖިލިސް ކަމަށެވެ. 

އަދި މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މަސައްކަތްތަކާއި އެންމެ ގިނަ ބިލުތައްވެސް ފާސްކުރެވިފައިވާ މަޖިލިަސްކަމުގައި ވިދާޅުވެފައެވެ. 

އެންމެ ގިނަ ބިލު ވެސް ފާސްކުރީ މި މަޖިލީހުން. އަދި އެހެންވެސް މަޖިލީހުގައި ހުރި އެންމެ ގިނަ ކަންކަން ކުރެވިފައިވާ މަޖިލިސް. އަޅުގަނޑު ވަރަށް އުފާވޭ، އަޅުގަނޑަށް ފުރުސަތު ލިބުމުން

ރައީސް ނަޝީދު 

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރެޓިކް ނިޒާމެއްގައި ރިޔާސަތުތަކަށް ޖެލެންޖުކުރަން ޖެހޭނެ ކަމަށާއި އެކަމަކީ ޒާތީވުން ކަމުގައި އެމަނިކުފާނު ދެކި ނުލައްވާކަމުގައިވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ހަމައެޔާއެކު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްފަހު އެމްޑީޕީން ގެންދަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާފަދަ ކަންކަން ކުރަމުން ކަމަސްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވެސް މިކަމުގެ ބިރުވެރިކަމާމެދު އަލިއަޅުވާލާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ނަޝީދު މިއަދު އިސްތިއުފާ ދެއްވި އިރު އެމަނިކުފަނުގެ އިތުބަރު ނެތްކަމުގެ މައްސަލަ 49 މެމްބަރުންގެ ސޮޔާ އެކު އެމްޑީޕީން ވަނީ ހުށަހަޅައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.