ޖަބަލިއޔާއަށް ދިން ހަމަލާއަށްފަހު ވެއްޓުނު ޢިމާރާތުގެ ދަށުން މީހުން ހޯދަނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
14 Nov 2023 | 10:19
ޖަބަލިއްޔާއަށް ހަމަލާދީ 30 މީހަކު ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ ޣައްޒާއަށް އިޒްރާއިލުން ހުއްޓައިނުލައި ދެމުންއަންނަ ހަމަލާތަކުގައި ޖަބަލިއްޔާ އަށް ހަމަލާދީ 30 މީހަކު ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ރޭ ޖަބަލިއްޔާ ރެފިޔުޖީ ކޭމްޕަށް ހަމަލާދީ އެކޭމްޕުން 30 މީހަކު ޝަހީދު ކޮށްލައިފައިވާކަމަށެވެ.

ޖަބަލިއްޔާއަށް ދިން ހަމަލާއަށް ފަހު ޒަޚަމްވި މީހުންތައް ފަރުވާއަށް ގެންގޮސްފައިވަނީ އިންދޮނީސީ ހޮސްޕިޓަލަށެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

ޖަބަލިއްޔާއަށް ދިން ހަމަލާތަކިގެ އިތުރުން ނާދީ ޚަދަމަތް ޑިސްޓްރިކްގެ 12 ގެއަކަށް ވައިގެމަގުން ހަމަލާދީ އެގެތައް ވަނީ ހަލާކުކޮށްލައިފައެވެ.

މީގެ އިތިުރުން ޚާން ޔޫނިސް އަސް ދިން ހަމަލާތަކެއްގައި 10 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. ޚާން ޔޫނިސް ގައި ހުންނަ އަލް އައްޣާ އާއިލާ އާއި އަބޫ ގަމެއިޒާ އާއިލާގެ ގެއަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން އެ ދެ ޢިމާރާތުން އެތައް ބަޔަކަށް އަނިޔާވެ އެމީހުން ވަނީ ފަރުވާ ދިނުމަށް އަލް ނައްސިރް ހޮސްޕިޓަލަށް ގެންދެވިފައެވެ.

ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް މީހުން ގެންދެވުނު ނަމަވެސް ފަރުވާ ދެވޭނެ ގޮތް ނެތި އެ ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް ދަނީ އެތައް ދަތިތަކަކާއި ކުރިމަތިލަމުންނެވެ.

އިޒްރާއިލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 11،200 އިން މައްޗަށް ވަނީ އަަރައިގެން ގޮއްސައެވެ.

ފަލަސްޠީނުގެ ސަރުކާރާއި ހަވާލާދީ ޤުދްސް ނެޓްވޯކް ގައި ބުނެފައިވަނީ އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ސަރުކާރުގެ 94 ހެޑްކުއަރޓާސް އެއް ހަލާކުވެފައިވާކަމަށެވެ. އަދި 253 ސްކޫލަކާއި، 71 މިސްކިތަކާއި 3 ފައްޅިއެއް ހަލާކުކޮށްލައިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.