ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު-- ފޮޓޯ/މަޖިލިސް
ހަބަރު
14 Nov 2023 | 11:17
މާލީ ވަޒީރު މަޖިލީހަށް ވަޑައިގެން އެ އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން: ރައީސް ނަޝީދު

މާލީ ވަޒީރު އިބްރާހީމް އަމީރު، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އިންނެވީ ކުށުގެ ތުހުމަތަކާއި އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ 2024 ވަނަ އަހަރުގެ ބަޖެޓްގެ މަސައްކަތް، މިނިސްޓަރ އަމީރު މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވުމުންނާއި، މަޖިލީހުގެ ކޯރަމް ހަމަ ނުވުމުން މިހާތަނަށްވެސް ވެސް ވަނީ ކުރިއަށް ނުގެންދެވިއެވެ. 

އެ މަސައްކަތް ކުރިއަށް ގެންދަން، މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ފުރުސަތު ދީފައި ނުވަނީ އެޕާޓީން މަޖިލީހަށް ހުށަހެޅި، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ، ކުރިއަށް ނުގެންގޮސް އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށްބުނެއެވެ. ނަމަވެސް، އިއްޔެ ނަޝީދު އިސްތިޢުފާ ދެއްވުމާއެކު އެކަން ހައްލުވެ، މަޖިލީހުގެ އައު ރައީސް އަކަށް، އެމްޑީޕީގެ މުހައްމަދު އަސްލަމް ރޭ ހަމަޖައްސަވައި، މިއަދު އަނެއްކާވެސް ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ އެކަމުގެ މަސައްކަތް އަސްލަމް ވަނީ ފަށްޓަވާފައެވެ. އެކަމަށްޓަކައި މިނިސްޓަރ އަމީރުވެސް ވަނީ މިއަދު މަޖިލީހަށް ހާޒިރުވެ ވަޑައިގެންފައެވެ. 

ނަމަވެސް ބަޖެޓް ހުށަހެޅުމުގެ އެފުރުސަތު އަމީރަށް ނުދެއްވައި ޑިމޮކްރެޓްސް ގެ މެންބަރުން ވަނީ ފުލުފުލުން ނިޒާމީ ނުކުތާ ނަންގަވަން ފަށްޓަވާފައެވެ.

އެގޮތުން މަޖިލީހުގެ ކުރީގެ ރައީސް އަދި، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވެސް ވަނީ ނިޒާމީ ނުކުތާ ނަންގަވާ، އަމީރު މަޖިލީހަށް ވަޑައިގެން އިންނެވު ކުށުގެ ތުހުމަތުގައި އިންނަވައިގެން ކަމަށް ވިދާޅުވެފައެވެ. 

"މާލީ ވަޒީރު މިތަނަށް ވަޑައިގެން އެ އިންނެވީ، ކުށުގެ ތުހުމަތުގައި އިންނަވައިގެން. މި މަޖިލީހަށް ބަޖެޓް ހުށަހެޅުމަށް މާލިއްޔަތު ގާނޫނު ވަރަށް ސާފުކޮށް ބަޔާން ކުރޭ އެކަން ކުރަންވީ މުއްދަތު. ސިޔާސީ ބޭނުމަށް އެބޭފުޅުން މިތަނުގައި އެކަން އަނބުރަމުން އެ ގެންދަވަނީ. ދިވެހި ދައުލަތުގެ ނިޒާމް ގެއްލުވާލައިގެން ނުވާނެ. މާލީ ވަޒީރު މިވަގުތު ޝަރީއަތަށް ފޮނުވުން އެއީ މިވަގުތު އަޅުގަނޑުމެން ކުރަން އޮތް އެންމެ މުހިންމު މަސައްކަތް. މީ ނިޒާމީ ނުކުތާއެއް. މިއީ މުޅި ރައްޔިތުންގެ މަޖިލީހުގައި އޮތް އެންމެ މުހިންމު ނިޒާމީ ނުކުތާ. މާލީ ވަޒީރަކަށް މަޖިލީހަކަށް ގޮމެއް ނުޖެހޭނެ"

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު

ނަމަވެސް ނަޝީދުގެ ނިޒާމީ ނުކުތާ ބަލައިނުގަންނަވައި އަސްލަމް ވަނީ ބަޖެޓް ހުށަހަޅުއްވަން އަމީރަށް ފުރުސަތު ދެއްވާފައެވެ. އަމީރު ބަޖެޓް އިއްވި ވަގުތު، ޑިމޮކްރެޓްސް ގެ މެންބަރުން ދިޔައީ ގޮނޑިކޮޅުތަކުން ތެދުވެ މަޖިލީހުގެ ތެރޭގައި އަޑުގަދަކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް