ޝިފާ ހޮސްޕިޓަލްގެ ނިކޫގައި ޝަހީދުވި ތުއްތު ކުދިން ނާއި އެކު ޑޮކްޓަރުން. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
14 Nov 2023 | 15:42
ޣައްޒާގެ ހޮސްޕިޓަލްތައް، އެޑްމިޓް ކުރެވިފައިވާ ކުޑަކުދިންނަށް ފުރިހަމަ ފަރުވާ ދިނުމަށް ނުކުޅެދިފައި

ޣައްޒާގެ ހޮސްޕިޓަލް ތަކުގައި އެޑްމިޓް ކުރެވިފައިތިބި ކުޑަކުދިންނަށް ފުރިހަމަ ފަރުވާ ދިނުމަށް އެހޮސްޕިޓަލް ތައް ނުކުޅެދިފައިވާ ކަަމަށް ޣައްޒާގެ ހެލްތް އޮފިސަރުން ބުނެފިއެވެ.

އަލްޖަޒީރާ އާއި ވާހަކަ ދެއްކި އަލް އަޤްޞާ ހޮސްޕިޓަލްގެ ކުޑަކުދިންގެ އައިސީޔޫގެ ނަރުހެއް ކަމަށްވާ ވަރްދާ އަލް އަވަވްދާ ބުނެފައިވަނީ އައިސީޔޫގެ ޚިދްމަތަށް ބޭނުންވާ އަލަށްއުފަންވާ ކުދިންގެ ޢަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ.

“ޢާންމުކޮށް ދުވާލެއްގެ މައްޗަށް އަންނަ ކޭސްތަކަށް ވުރެ ގިނައިން މިހާރު ކޭސްތައް އެބަ ލިބޭ، ލިބެމުންދަނީ ހަމައެކަނި ދުވަސްނުފުރޭ ކުދިންގެ ކޭސްތަކެއް ވެސް ނޫން” ވަރްދާ ބުނެފައިވެއެވެ.

“ބޮން އަޅައިގެން ޒަޚަމްތައް ލިބިފައިވާ ކުދިންވެސް އެބަ ގެނޭ، ބައްޕަ ޝަހީދުވެފައިވާ ކުދިންވެސް އެބަގެނޭ، އެނދުތައް ހުރީ ފުރިފައި، ދެތިން ގަޑިއިރުތެރޭގައި ރޭ ވެސް 8 ކުދިން ގެނައި، އެކުދިން މި އެޑްމިޓް ކުރެވުނީ 6 އިންކިޔުބޭޓާއެއްގައި” ވަރްދާ އިތުރަށް ބުނެފައިވެއެވެ.

ވަރްދާ ވަނީ ބޭސްކުރުމަށް ބޭނުންކުރާ ވަސީލަތް މަދުވުމުގެ ސަބަބުން ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ. އެގޮތުން ނޭވާލާނިޒާމުގެ ބަލިތަކަށް ފަރުވާ ދޭން ޖެހިފައިވާ ކުދަކުދިންނާއި ހިތުގެ ބައްޔަށް ފަރުވާ ދޭން ޖެހިފައިވާ ކުދިންނަށް ދޭނެ ބޭސް ނެތިފައިވާ ކަމަށްވެސް ވަރްދާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އަތް ދޮންނަ ސައިބޯންޏާއި ސެނެޓައިޒަރވެސް ވަނީ ހުސްވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

“ނިކޫގައި ތިބި ކުދިންނަށް ދޭން ޖެހޭ ފޯމިޔުލާ ކިރު ހެދުމަށް ބޭނުންކުރާނެ ސާފު ފެންވެސް އަހަރެމެން އަތުގައި މިހާރު ނެތް” ވަރްދާ ބުނެފައިވެއެވެ.

ޣައްޒާގެ ސިއްޚީ ފަރުވާ ފޯރުކޮށްދޭ ތަންތަން މިވަގުތު ހުރީ ފަރުވާއަށް ބޭނުންވާ މީހުންނަށް ފަރުވާ ފޯރުކޮށްދެވޭ ވަރަށް ވުރެ ދަތި ހާލަތްތަކަކަށް ވެއްޓިފައި ކަމަށް ޣައްޒާގެ ޑޮކްޓަރުން ދަނީ ބުނެމުންނެވެ.

ގިނަ ހޮސްޕިޓަލްތަކުގައި ބޮޑެތި އޮޕަރޭޝަންތައް ހޭނެއްތުމަކާއި ނުލައި ނުވަތަ އައްސިކުރުމަކާއި ނުލައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.