ޝިފާ މެޑިކަލް ކޮމްޕްލެކްސް ގެ ގޯތިތެރޭގައި ޙާލުގައި ޖެހިފައިވާ މީހުން. ފޮޓޯ: ސީއެންއެން
ދުނިޔެ
15 Nov 2023 | 09:53
އިޒްރާއިލް ސިފައިން އަލް ޝިފާއަށް ވަދެ ބަލާފާސްކުރަނީ

ފަލަސްޠީނުގެ ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސް އަށްއިޒްރާއިލް ސިފައިން ވަދެ ބަލާފާސްކުރަމުން އެބަދެއެެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ޝިފާ ކޮމްޕްލެކްސް އަށް އިޒްރާއިލް ސިފައިން ވަދެ އެތަން ބަލައި ފާސްކުރުމުގެ ނަމުގައި ވަދެ ހޮސްޕިޓަލުގައި ތިބި ބަލިމީހުންްނާއި މެޑިކަލް އޮފިސަރުންނާއި އެހޮސްޕިޓަލުގައި ވަގުތީ ހިޔާވަހިކަން ހޯދަމުން އަންނަ މީހުން ބިރުގަންނަވައި އެމީހުންނަށް އުނދަގޫ ތައް ދެމުންދާ ކަމަށެވެ.

އަލް ޖަޒީރާގައި ބުނެފައިވަނީ އިޒްރާައިލުން އަލް ޝިފާ އަށް ވަދެ އެތަނުގެ ތެރޭގައި ހިންގަމުންގެންދާ ބަލައި ފާސްކުރުމަކީ ހަމާސް އާއި ދެކޮޅަށް ހިންގަމުންގެންދާ ކަމެއް ކަމަށް އިޒްރާއިލުން ބުނާކަމަށެވެ.

ނަމަވެސް ހަމާސް އިން ދަނީ އިޒްރާއިލުން އެ ޖަމާޢަތުން ރައްކާތެރިވުމަށް ހޮސްޕިޓަލް ބޭނުން ކުރާ ކަމަށް ބުނެ ބައިނަލް އަޤްވާމީ ދުނިޔެއަށް ބުނަމުންދާ ބުނުން އެތައް ފަހަރަކު ދޮގުކޮށްފައެެވެ.

އަލް ޝިފާގެ ޗީފް ޑރ މުޙައްމަދު ޒަޤޫތް އަލް ޖަޒީރާ އަށް ވިދާޅުވެފައިވަނީ އިޒްރާއިލްގެ ސިފައިން ހަތިޔާރު ތަކާއި އެކު ހިސްޕިޓަލް ތެރޭގައި ހަރަކާތް ތެރިވަމުން ދާ ކަމަށެވެ. އަދި ހަމާސްގެ ހަނގުރާމަ ވެރިން ހޯދަން ކަމަށް ބުނެ އެހޮސްޕިޓަލްގެ ބޭސްމަންޓްގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.

އަދި އެ ކޮމްޕްލެކްސް ގައި ހުންނަ ސާޖިކަލް އަދި އެމެޖަންސީ ޢިމާރަތް ތަކަށްވެސް އިޒްރާއިލް ސިފައިން ވަދެފައިވާ ކަމަށް އަލްޖަޒީރާގައި ޑރ މުޙައްމަދަށް ހަވާލާދީ ބުނެފައިވެއެވެ.

މީގެ އިތުުރުން އޭނާ ވިދާޅުވެފައިވަނީ އިޒްރާއިލް ސިފައިން ޝިފާ ކޮމްޕްލެކްސް އަށް ވަދެ ރައްކާތެރި ތަންތަން ކަމަށް ކަނޑައެޅި ކޮރިޑޯތަކުން، ހޮސްޕިޓަލް ދޫކޮށް ދިޔުމަށް މަސައްކަތް ކުރި ބައެއް މީހުން ގަޔަށް އިޒްރާއިލް ސިފައިން މަތިިން ބަޑިޖަހައި ފައިވާކަމަށެވެ.

އަލްޝިފާ އަށް އިޒްރާއިލް ސިފައިން ދިން ވަރުގަދަ ހަމަލާއެއްގެ ސަބަބުން އެތަނުން އެތައް ބަޔަކު ޝަހީދުވެފައިވާ އިރު، ކަރަންޓު ނުލިބުމުގެ ސަބަބުން ޝިފާގެ އައިސީޔޫގައި ތިބި ބަލިމީހުންނާއި ނިކޫގައި ފަރުވާ ދެވެމުންދިޔަ އެތައް ކުއްޖަކު ވަނީ ޝަހީދުވެފައެވެ.

އިޒްރާއިލުން 7 އޮކްޓޫބަރުގައި ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 11،200 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.