ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް ކުރިއަށް ދަނީ. ފޮޓޯ: މަޖިލިސް
ހަބަރު
15 Nov 2023 | 13:33
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުލޫކީ ޤަވާއިދެއް އެކުލަވައިލަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރާންޖެހޭ ސުލޫކީ ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނޭކަމަށް ރައްޔިތުންގެ މަޖިލުހުގެ ރައީސްކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރުން މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސަކީ، ޤާނޫނު އަސާސީއާއި އަދި މަޖިލިހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން، މަޖިލިހުގެ މެމްބަރުން ނިންމާ ކަންކަން ތަންފީޒު ކުރުމުގެ އެންމެ އިސްވެރިޔާކަމުގައެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މަޖިލީހުގެ ޤަވާއިދު ހިފެހެއްޓުމާއި، ރައްޔިތުންގެ މަޖިލިހުގެ ޤަވާއިދަށް އުނިކަމެއް އަދުވެދާނެ ކަންކަން ހުއްޓުވުމަކީވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަޤާމުގައި ހުންނަ މީހެއްގެ ޒިންމާއެއް ކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެއް ފިޔަވަޅެއްގެ ގޮތުގައި މީގެ ކުރީގެ މަޖިލިސްތަކުގައި މަސައްކަތް ކުރެވިފައިވޭ ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ހ، 2 ގައި ބަޔާންކުރާ މަޖިލީހުގެ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ ކަންކަމުގެ ޤަވާއިދެއް އެކުލަވާލުމަށް މީގެ ކުރީގެ މަޖިލިސްތަކުގައި އެކަމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެހެން ނަމަވެސް 19 ވަނަ މަޖިލީހުގައި އެކަމަށް މަސައްކަތްތަކެއް ކުރެވިފަ ނެތުމުން ޤާނޫނު އަސާސީގައި ބަޔާންކުރާ މި ދެންނެވި މަޖިލީހުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ ޤަވާއިދުގެ މަސައްކަތް މެމްބަރުންގެ އެއްބާރުލުމާއެކު އެ ޤަވާއިދު ފާސްކުރެވޭތޯ ކުރިއަށް އޮތްތަނުގައި މަސައްކަތްކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ނައިސް ކުރިޔަށް ގެންދެވޭނެގޮތަށް ކަންކަން އިންތިޒާމް ކުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ އެގޮތުން ބައެއް ފިޔަވަޅުތައް އެޅުމަށް ވިސްނަވަމުން ގެންދަވާ ކަމުގައެވ.ެ

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.