އަލް ޝިފާ ހޮސްޕިޓަލުގެ އެތެރޭގައި ބަލިމީހުން ފުރި ތޮއްޖެހިފައި. ފޮޓޯ: އިންޓަރނެޓް
ދުނިޔެ
15 Nov 2023 | 13:15
އަލް ޝިފާގައި ފޮރުވަން ޖެހޭ އެއްވެސް އެއްޗެއް ނޯންނާނެ: ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ

އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސްގައި ފޮރުވަން ޖެހޭ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާ ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާގައި އަޝްރަފްް އަށް ހަވާލާދީ ބުނެފައިވަނީ އަލް ޝިފާގެ އެތެެރޭގައި ތިބީ ޑޮކްޓަރުންނާއި ބަލިމީހުންނާއި ގެދޮރު ގެއްލިފައިތިބި ނިކަމެތިން ކަމަށެވެ.

“ފޮރުވަން ޖެހޭ ނުވަތަ ބިރުގަންނަން ޖެހޭ އެއްެވެސް ކަމެއް އަހަރެމެންގެ ނެތް” އަޝްރަފް ވިދާޅުވެފައިވެއެވެ.

އަޝްރަފް ވިދާޅުވެފައިވަނީ ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ އެމަޖެންސީ ޑިޕާޓްމެންޓް އަށް އިޒްރާއިލް ސިފައިން ވަދެގަނެފައިވާ ކަމަށެވެ.

އަލް ޝިފާގެ މެޑިކަލް ސްޓާފުންނާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އަލް ޝިފާގައި 650 ބަލިމީހުން އެބަތިބި ކަމަށާއި، 5000 އާއި 7000 އާއި ދެމެދަކަށް ގެދޮރު ގެއްލިފައިވާ މީހުން އަލް ޝިފާ ކޮމްޕްލެކްސް ގައި އެބަތިބިކަމަށެވެ.

ސައުންޑް އޮފް ޣައްޒާގައި ބުނެފައިވަނީ އިޒްރާއިލްގެ ސިފައިން އަލް ޝިފާގެ ޑޮކްޓަރުން ވަކިވަކިން ގެންގޮސް ސުވާލުކުރަމުންދާ ކަމަށެވެ. އަދި ލަފާކުރެވެނީ ޝިފާ ހުސްކުރުމަށް އެމީހުން މަސައްކަތް ކުރާކަމަށެވެ.

އަލްޝިފާ އަށް އިޒްރާއިލް ސިފައިން ދިން ވަރުގަދަ ހަމަލާއެއްގެ ސަބަބުން އެތަނުން އެތައް ބަޔަކު ޝަހީދުވެފައިވާ އިރު، ކަރަންޓު ނުލިބުމުގެ ސަބަބުން ޝިފާގެ އައިސީޔޫގައި ތިބި ބަލިމީހުންނާއި ނިކޫގައި ފަރުވާ ދެވެމުންދިޔަ އެތައް ކުއްޖަކު ވަނީ ޝަހީދުވެފައެވެ.

އިޒްރާއިލުން 7 އޮކްޓޫބަރުގައި ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 11،200 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.