ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ގުޅޭ ކޮމިޓީ. ފޮޓޯ: މަޖިލިސް
ހަބަރު
16 Nov 2023 | 09:53
އިޒްރާއިލްގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ސަރުކާރަށް ލަފާދިނުމަށް ކޮމިޓީން ނިންމައިފި

އިޒްރާއިލްގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ސަރުކާރަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއިން ނިންމައިފިއެެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ދެ މެންބަރަކު ވަނީހުށަހަޅުއްވާފައިވެ އެވެ. އެގޮތުން ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ހުސައިން ހުށަހެޅުއްވީ ގަރާރެކެވެ. އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަނީ ކޮމިޓީން އެ މައްސަލަ ބަލައި ގޮތެއް ނިންމައިދިނުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ޚާރިޖީ ސިޔާސަތު ކަނޑައެޅުމަކީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ކަމެވެ.

އެހެންވެ އޭނާ ހުށަހެޅުއްވީ ކޮމިޓީން ނިންމާ ނިންމުން ދިވެހި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ގޮތަށް އެރުވުމަށެވެ.

މެންބަރު ޝަރީފު ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އިޒްރާއިލްގެ ފަތުރުވެރިން ރާއްޖެ ނައުމަށް އަންގައި އެ ޤައުމުން ވެސް މިހާރު ޓްރެވެލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށެވެ.

ދިވެހިން ވެސް އިޒްރޭލު ފަތުރުވެރިންނަށް މަރުހަބާ ކިޔައި އެ ފައިސާ ދިވެހި އިޤްތިޞާދުގައި ދައުރުވާން ކޮންމެހެން ބޭނުން ނުވާ ކަން ފެންނަމުންދާ ކަން ފާހަގަކުރެއްވި އެވެ. ސަރުކާރަށް އަރުވާ ލަފާގައި ޚާރިޖީ ސިޔާސަތު އެ ގޮތަށް ބައްޓަން ކުރަން ހިމަނަން ވާނެ ކަމަށް ސައްލެ ވިދާޅުވި އެވެ.

ކޮމިޓީގެ އެހެން މެންބަރުން ވެސް ވަނީ އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައިފަ އެވެ.

ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ ކޮމިޓީގެ މެންބަރުން އެ ގޮތަށް ތާއީދުކުރައްވާތީ އެ ގޮތަށް ރިޕޯޓު އެކުލަވާލެއްވުމަށް އަންގަވާނެ ކަމަށެވެ.

ފަލަސްޠީނުގެ ބިންތައް ހިފުމަށް އިޒްރޭލުން ހިންގަމުންދާ ޤަތުލްއާންމުގައި މި ފަހުން މަހެއްހާ ދުވަހު ދިން ހަމަލާތަކުގައި 11،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.