"ކައިވެނި ޕޯޓަލް" ތައާރަފް ކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ޑީޖޭއޭ
ހަބަރު
16 Nov 2023 | 10:05
ކައިވެނީގެ ފޯމުތައް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިފި

ވަރި، ކައިވެންޏާއި ގުޅުންހުރި ފޯމުތައް އޮންލައިންކޮށް ހުށަހެޅޭނެ ގޮތަށް ފަރުމާކޮށްފައިވާ "ކައިވެނި ޕޯޓަލް" ތަޢާރަފްކޮށްފިއެވެ.

ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފައިވަނީ މި ޕޯޓަލް މެދުވެރިކޮށް ކައިވެންޏާއި ގުޅުންހުރި ފޯމުތައް އަދި ހުށަހެޅޭނީ ހަމައެކަނި މެޖިސްޓްރޭޓް ކޯޓުތަކަށް ކަމަށެވެ.

ހަމައެކަނި މެޖިސްޓްރޭޓް ކޯޓުތަކަށް ފޯމު ހުށަހެޅޭ ގޮތަށް އިއްޔެ ލޯންޗުކޮށްފައި ވަނީ ޕޯޓަލުގެ ފުރަތަމަ ފިޔަވައްސެވެ. ކައިވެންޏާއި ގުޅުންހުރި 60 ޕަސެންޓު ފޯމު ހުށަހަޅަނީ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ފެމިލީ ކޯޓަށް ވެސް މި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް ޑީޖޭއީ އިން ބުނެފައިވެއެވެ. މާލޭގައި ދިރިއުޅޭ މީހުންނާއި، މާލެ ކައިރީ ރިސޯޓުތައް އަދި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުގައި އުޅޭ މީހުންގެ ވަރި/ކައިވެނީގެ މައްސަަލަތައް ހުށަހަޅަނީ ފެމިލީ ކޯޓަށެވެ. އެއީ ރާއްޖޭގައި ހުށަހަޅާ މިފަދަ ފޯމުތަކުގެ 40 ޕަސެންޓެވެ.

މި ޕޯޓަލަކީ ޔޫއެންޑީޕީއާ ގުޅިގެން ބްރިޓިޝް ހައި ކޮމިޝަނުގެ އެހީގައި ޑީޖޭއޭއިން އުފެއްދި ޕޯޓަލެކެވެ. ޕޯޓަލް އުފެއްދުމުގެ މަޤްސަދަކީ ކޯޓުތަކުން ދޭ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ހޯދާ މީހުންނަށް ލުއިފަސޭހަކުރުން ކަމަށް ޑީޖޭއޭ އިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި