މިއަދު ބާއްވާ އެއްވުމުގެ ޕޯސްޓަރ
ހަބަރު
16 Nov 2023 | 11:44
މިސަރުކާރުން ބޯހިޔާވަހިކަމުގައި ވެފައިވާ ބޭއިންސާފާއި ދެކޮޅަށް އަޑުއުލުމަށް ބާއްވާ އެއްވުމެއް މިއަދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރައްޔިތުންނާމެދު ވެފައިވާ ބޭއިންސާފާއި ދެކޮޅަށް އަޑު އުފުލުމަށް ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ތަކުގައި އާންމު ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ "އާންމުންގެ އެކުވެރި ޖަމިއްޔާއިން" އިންތިޒާމުކުރާ އެ ހަރަކާތް އޮންނާނީ މިއަދު ހަވީރު 4:00 ގައި މާލޭ ރަސްފަންނު ސަރަހައްދުގަ އެވެ.

މި ހަރަކާތާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން އެ ޖަމިއްޔާއިން ބުނީ، މި އެއްވުމަކީ ރައީސް ޞާލިހުގެ ވެރިކަމުގެ އާރާއި ބާރު ދޫކޮށް ނިކުމެގެން ދާ ދުވަހު ސަރުކާރުގެ ވެރިންނަށް އާންމުންގެ އަޑު އިއްވުމަށް ބާއްވާ އެއްވުމެއް ކަމަށެވެ.

އެގޮތުން މި އެއްވުމުގެ ތެރެއިން، ދާދިފަހުން ސަރުކާރުން ނެރުނު 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓާއި އަދި ޖުމްލަކޮށް ފާއިތުވި 5 އަހަރު ‎ރައީސް ޞާލިހުގެ ސަރުކާރުން ފްލެޓުވެރިންނަށް "ޖެއްސި އުދަގޫތަކާއި ނިގުޅައިގަތް ހައްގުގެ" އަޑު، އެމަނިކުފާނަށް އިއްވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. 

ވުމާއެކު ހިޔާ ފްލެޓުތައް ފިނިޝިން ނުނިންމާ ހަވާލުކުރުމުންނާއި ކުލި ބޮޑު ކުރުމުން އާއްމުންނަށް ކުރިމަތިވި އުނދަގޫތަކާއި، ގޯއްޗާއި ފުލެޓް ދިނުމުގައި ވެފައިވާ ބޭއިންސާފާއި ދެކޮޅަށް އަޑު އުފުލަން ވީހާވެސް ގިނަ ބަޔަކު މިއަދުގެ އެއްވުމުގައި ބައިވެރިވުމަށް އެ ޖަމިއްޔާއިން އެދެ އެވެ. 

ކޮމެންޓް
ކެކެ
ހަގީގަތަކީ މެޑަމް ފާތުންގެ ލިސްޓަށްވެސް ފުލެޓު ބެހި. ޑރ. މުއިއްޒުގެ ދަށުން އޭރު ކެމްޕޭންގަ އުޅުނު ގިނަ މީހުނަށް ފުލެޓުދިން.
16 Nov 2023
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.