ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް-- ފޮޓޯ: މަޖިލިސް
ހަބަރު
16 Nov 2023 | 15:10
ސުލޫކީ މިންގަނޑެއް ހިފެހެއްޓިއްޖެނަމަ، ރައްޔިތުން މަޖިލީސް ބަލައިގަންނާނެ: އަސްލަމް

މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑެއް މިހާރު މަޖިލީހުގައި ހިފެހެއްޓިފައިނެތްކަމަށާއި، މިކަން އިސްލާހް ކުރެވިއްޖެނަމަ އާންމުން ރައްޔިތުންގެ މަޖިލީސް ބަލައިގަންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ، އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ މަޖިލީހުގެ މެމްބަރުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑެއް ނެތުން ކަމުގައެވެ. އަދި މަޖިލީހުގެ ތަޅުމުގައި ޖަލްސާ ހިންގާނެ ހަރުދަނާ އުޞޫލުތަކެއް ޤާއިމުކޮށް ތަންފީޒު ކުރެވެމުން ނުދާކަމުގައެވެ. އެހެންކަމުން އެއީ މަޖިލިސް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިބަދަލުތައް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމުގައިވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

"އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ މަޖިލީހުގެ މެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް ނެތުން. މަޖިލީހުގެ ތަޅުމުގައި ޖަލްސާ ހިންގޭނޭ އުޞޫލުތަކެއް ތަންފީޒް ކުރެވެމުން ނުދާކަން. އެއީ އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމެއް." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަޖިލީސް ހަރުދަނާ ގޮތެއްގައި ހިންގިދާނޭ ވަރުގަދަ އުޞޫލްތަކެއް ޤާއިމްކުރެވިއްޖެ ކަމުގައިވާނަމަ ރައްޔިތުންގެ މަޖިލީހަކީ އާންމުން ބަލައިގަންނާނޭ ރަނގަޅު ތަނެއްގެ ގޮތުގައި އުންމީދު ކުރެވޭ ކަމުގައެވެ. އަދި އެމަގުން މަސައްކަތް ކުރައްވާނެކަން އަސްލާމް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ހައިޞިއްޔަތުން، މަޖިލީހަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނެއްގެ ގޮތުގައި ހެއްދެވުމަށް ބޭނުންފުޅުވާކަމަށާއި ރައްޔިތުންގެ މަޖިލީހަކަށް ވާނީ އެ މަޖިލީހަކަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތުމުން ކަމުގައި އަސްލަމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.