އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި މަހުޖޫބު ސުޖާއު
ހަބަރު
16 Nov 2023 | 16:08
އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ސުޖާއު އެ މަޤާމުން އިސްތިޢުފާ ދެއްވައި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެޖޭނިން ޑިރެކްޓަރު (އެމްޑީ) އަދި ސީއީއޯގެ މަޤާމުގައި ހުންނެވި މަހުޖޫބު ސުޖާއު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. 

އެމްއޭސީއެލްގެ އެމްޑީގެ މަޤާމުން މަހުޖޫބު އިސްތިއުފާ ދެއްވައިފައިވަނީ، މި ވެރިކަމުގެ ދައުރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް އެ ބޭފުޅާ ފުރުއްވަމުން ގެންދެވި މަޤާމުން އިސްތިއުފާދެއްވިކަން ހާމަކުރައްވައި ކުންފުނީގެ މުވައްޒަފުންނަށް ފޮނުއްވި މެމޯއަކުންނެވެ. 

އެ މެމޯގައި ބުނެފައިވަނީ، މާދަމާ އިން ފެށިގެން އެމްއޭސީއެލްގެ އެމްޑީކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށާއި،  ސަރުކާރުން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަން ދެން ކުންފުނި ހިންގާނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތާހާ ކަމަށެވެ.

މީގެ އިތުރުންވެސް ކުންފުނީގެ ކަންކަމުގައި މުވައްޒިފުން ދިން އެއްބާރުލުން ފާހަގަ މަހުޖޫބުގެ މެމޯގައި ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ. 

ވިލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްގީ އަކީ އައު ސަރުކާރުން އެންމެ އިސްކަން ދޭނެ މަސައްކަތެވެ. އެ މަސައްކަތް އެކަށީގެންވާ ހަލުވި މިނެއް ގައި ނިމިގެން މިދާ ސަރުކާރަށް ކުރެވިފައިވާ ކަމަށް އިންތިހާބީ ރައީސް ދެކެވަޑައެއް ނުގަންނަވައެވެ. މަގާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރީން ވެސް ރައީސް ޑރ މުއިއްޒު ވަނީ ވީއައިއޭގެ އައު ޓަރމިނަލްއަށް ޒިޔާރަތް ކުރައްވާ އެ ތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.