ވަޒީރު އާދަމް ނަޝީރު ފަލަސްތީނުގެ ސަފީރު ވާލިދު އަބޫ އާލީއާ ބައްދަލު ކުރައްވަނީ-- ފޮޓޯ: މި
ހަބަރު
18 Nov 2023 | 22:24
ވަޒީރު ނަސީރު ފަލަސްތީނުގެ ސަފީރު އާ ބައްދަލު ކުރައްވައިފި

ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް، ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާލިދު އަބޫ އަލީ އާ މިއަދު ބައްދަލު ކުރައްވައިފި އެވެ. 

އަލަށް އުފެއްދެވި ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރުގެ މި ބައްދަލު ކުރެއްވުމަކީ ހުވާ ކުރެއްވުމަށްފަހު އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ބައްދަލު ކުރެއްވުމެވެ.

ބަހާއި ތަރިކަ ވުޒާރާ އިން ބުނި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ މި ވަގުތު ޣައްޒާގެ ހާލަތާ ގުޅޭ ގޮތުންނެވެ. މީގެ އިތުރުން ދިވެހިންގެ މެދުގައި ފަލަސްތީނާ މެދު އޮތް ލޯބި ފެނި މި ހިތްދަތި ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ފަލަސްތީނުގެ އަހުންނާއި އުހުތުނަށް ވެދެއްވާ އޯގަތެރިކަމާއި ބަހައްޓަވާ ގާތްކަން ފަލަސްތީނުގެ ސަފީރު ވަނީ ފާހަގަ ކުރައްވާފައެވެ.އަދި މިކަން މިގޮތަށް ދަމަހައްޓަވައި ދެއްވުމަށާއި  ފަލަސަތީނަށް އަޑު އުފުލުން މަތީ ދެމި ތިއްބެވުމަށް އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

މި ބައްދަލު ވުމުގައި މިނިސްޓަރ ނަސީރު ވިދާޅުވީ ފަލަސްތީނުގެ ހާލަތަކީ ދިވެހީންގެ އެންމެ ހަގު އުމުރުފުރާއިން ފެށިގެން އެންމެ ދޮށީ އުމުރުފުރާގެ ފަރާތްތަކާ ހަމައަށް ވެސް އެއް ޝުއޫރެއްގެ ގޮތުގައި އޮތް މައްސަލަ އެއް ކަމަށެވެ.

ފަލަސްތީނުގެ ދިފާއުގައި މުޅި ދުނިޔޭ ގައި ވެސް  ދިވެހީންގެ އަޑަކީ ގަދަ އަޑެކެވެ. ދިވެހީންނަށް ވެވުނު މިންވަރަކުން  ފަލަސްތީންގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެމުން ދިޔަ އެވެ.

ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯތްބާއި ގަދަރު އުފެދިގެން ދިއުމުގައި ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ފަލަސްތީނުގެ މައްސަލަ އަށް ދެއްވި އަހަންމިއްޔަތު ބޮޑު ދައުރެއް އަދާކުރި އެވެ. ފަަަލަސްތީނަށް ނަސްރަށް އެދި ހިންގުނު ހަރަކާތްތަކާއި އެހީތެރިވުމަށް ކުުރިއަށް ގެންދިޔަަ ކެމްޕެއިންތައް މުހިންމު ދައުރެއް އަދާކުރި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.