ފޮރިން މިނިސްޓަރު މޫސާ ޒަމީރު މުޒާހަރާގެ ބައިވެރިންނާއި ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: އަދަދު
ހަބަރު
20 Nov 2023 | 17:05
މިނިސްޓަރު މޫސާ ޒަމީރު ފަލަސްތީނުގެ ދިފާއުގައި ޝުއޫރު ފާޅުކުރައްވައިފި

އިޒްރޭލުގެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އެގައުމުގެ ޕާސްޕޯޓު މަނާކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާގެ ބައިވެރިން ފޮރިން މިނިސްޓްރީ ދޮށަށް ދިއުމުން މިނިސްޓަރު މޫސާ ޒަމީރު ނުކުމެވަަޑައިގެން ފަލަސްތީނު މީހުންގެ ދިފާއުގައި ޝުއޫރު ފާޅުކުރައްވައިފި އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ފޮރިން މިނިސްޓްރީ ދޮށަށް ގޮސް، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށާއި އިޒްރޭލުގެ އިސް ފަރާތްތައް ބްލެކު ލިސްޓު ކުރުމަށް ގޮވާލާފައެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން މިނިސްޓަރު ޒަމީރާ ބައްދަލުކުރަން އެދުމުން އެބޭފުޅާ ވަނީ މުޒާހަރާގެ ބައިވެރިންނާއި ބައްދަލު ކުރައްވާ މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކުގެ ވާހަކަތައް އަޑު އައްސަވާފައެވެ.

"ރައީސް މިދިޔަ ދުވަސްތަކުގެ ތެރޭގަ އޯއައިސީގެ ސެކެޓްރީ ޖެނެރަލާއި ފަލަސްތީނުގެ ސަފީރުގެ އިތުރުން، އެހެން ގައުމުތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވި، އެ ހުރިހާ ބޭފުޅުންގެ އަރިހުގައިވެސް ވިދާޅުވެފައިވީ އިމީޑިއެޓް ސީޒްފަޔާ އެއް އަޅުގަނޑުމެން ބޭނުންވާ ކަމަށާއި ހިއުމަނިޓޭރިއަން ކޮރިޑޯޒް ހުޅުވާލަން ޖެހޭނެ ކަމަށާއި 1967 ގެ ބޯޑަރުތަކަށް އަނބުރާ ދިއުމަށް، އެއީ އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުމަކީ" މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ.

"ސީޒް ފަޔާ ނައު އިނގޭތޯ އަޅުގަނޑުމެންގެ ވެސް ސްޓޭންޑަކީ. ސީޒް ފަޔާ ނައު" މިނިސްޓަރު އެމޭރުމުން ވާހަކަ ދައްކަވަނިކޮށް، ހަމަލާ ދިނުން މިހާރު ހުއްޓައިލުމަށް މުޒާހަރާގެ ބައިވެރިން އަޑު އުފުލަން ފެށުމުން ވިދާޅުވިއެވެ.

މިދިޔަ އޮކްޓޫބަރު މަހު 7 ގައި ފެށި ހަނގުރާމައިގައި މިހައިތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 12،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެތެރެއިން 5000 އަކީ ކުޑަކުދިންނެވެ.

މިއަދު ވަނީ އިޒްރޭލާއި ދެކޮޅަށް މަޖިލިސް ކުރިމަތީގައިވެސް މުޒާހަރާ ކޮށް، 1000 މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.