ކަރަންޓް ކެނޑުމަށްފަހު އިންޑޮނީސީ ހޮސްޕިޓަލުގެ މަންޒަރެއް
ދުނިޔެ
21 Nov 2023 | 07:13
އިސްރާއީލުން ޣައްޒާގެ އުތުރުގައި ހުރި އިންޑޮނީސީ ހޮސްޕިޓަލަށް ބޮން އަޅައިފި

އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާގެ އުތުރުގައި ހުރި އިންޑޮނީސީ ހޮސްޕިޓަލަށް ބޮން އަޅައިފިއެވެ.

މި ހަމަލާގައި 12 މީހަކު މަރުވެ ދިހަވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އިއުލާންކޮށްފައިވެއެވެ.

"އިސްރާއީލުގެ އޮކިއުޕޭޝަން ފޯސްތަކުން ސީދާ އަދި ތަކުރާރުކޮށް ހަމަލާދެނީ ޒަޚަމްވެފައިވާ ފަރުދުންނާއި މެޑިކަލް ސްޓާފުންނާއި ގެދޮރު ގެއްލިފައިވާ މީހުންނަށް އަމާޒުކޮށްގެން" މިނިސްޓްރީން ބުންޏެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ އެއްކަމުގައިވާ ވަފާ ނިއުސް އެޖެންސީއާ ވާހަކަ ދެއްކި މެޑިކަލް މަސްދަރުތަކުން ބުނާ ގޮތުގައި މިހަމަލާގައި މަދުވެގެން އަށް މީހަކު ޝަހީދުވެފައިވެ އެވެ. އެމީހުން އިތުރަށް ބުނީ އިސްރާއީލުގެ ސްނައިޕަރުން ހޮސްޕިޓަލުން ނިކުންނަން އުޅޭ ކޮންމެ މީހަކަށް ބަޑިޖަހަމުންދާ ކަމަށެވެ.

އެ ހޮސްޕިޓަލުން ގެދޮރު ގެއްލިފައިވާ އެތައް ހާސް މީހުންނަކަށާއި ގާތްގަނޑަކަށް 150 ވަރަކަށް ޒަޚަމްވެފައިވާ މީހުންގެ އިތުރުން 100 މެޑިކަލް މުވައްޒަފުންނާއި ހޮސްޕިޓަލުގެ މަސައްކަތްތެރިންނަށް ހިޔާވަހިކަން ދެމުންދެއެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އިސްރާއީލުން ބޮމުގެ ހަމަލާގެ ސަބަބުން އެ ހޮސްޕިޓަލުގެ ޖަނަރޭޓަރުތައް މަސައްކަތް ހުއްޓުމުން ހޮސްޕިޓަލުން ކަރަންޓް ކެނޑިފައިވެ އެވެ.

އިސްރާއީލުގެ ސިފައިން ހޮސްޕިޓަލްގެ ކިލޯމީޓަރަކަށް ވުރެ ދުރުގައި ވަށާލާފައިވަނީ ދިހަވަރަކަށް ބޮޑެތި އަސްކަރީ ވެހިކަލްތަކާއި އާޓިލަރީތަކުންނެވެ. ކައިރީގައި ހުންނަ ފުރާޅުތަކުގައި ސްނައިޕަރުން ބަހައްޓާފައިވާއިރު، ޒަޚަމްވެފައިވާ މީހުން ގެންދިއުމަށް އެމްބިއުލާންސްތަކަށް ހޮސްޕިޓަލަށް ނުވަދެވޭ ކަމަށް ވެސް ވިދާޅުވި އެވެ. އިންޑޮނޭޝިއާ ހޮސްޕިޓަލަކީ ޣައްޒާގެ އުތުރުގައި  ހިދުމަތް ދެވޭ ފަދަ ހާލަތެއްގައި އޮތް ހަމައެކަނި ހޮސްޕިޓަލެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.