ޣައްޒާގެ ހޮސްޕިޓަލެެއްގެ ތެރޭގައި ޣައްޒާގެ ބަޔަކު އިށީނދެލައިގެން. ފޮޓޯ: ޣައްޒާގެ ނޫސްވެރިއެއް
ދުނިޔެ
21 Nov 2023 | 10:50
ފަަލަސްޠީން އިޒްރާއިލް ހަނގުރާމަ: ޝަހީދުވާ މީހުންނާއި ޒަޚަމްވަމުންދާ މީހުންގެ ޢަދަދު މައްޗަށް

ނިމިދިޔަ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން އިޒްރާއިލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޝަހީދުވަމުންދާ މީހުންގެ ޢަދަދާއި ޒަޚަމްވަމުންދާ މީހުންގެ ޢަދަދު އަދިވެސް އަންނަނީ މަތިވަމުންނެވެ.

ފަލަސްޠީނުގެ ޣައްޒާގެ އެންމެ ފަހުގެ އަދާހަމަތަކަށް ބަލާލާއިރު އަލްޖަޒީރާގައި ވަފާ ނިއުސް އަށް ހަވާލާދީ ބުނެފައިވަނީ އަލް ނުސައިރަތް ރެފިޔުޖީ ކޭމްޕަށް އިޒްރާއިލުން ވައިގެމަގުން ދިން ހަމަލާގައި 17 މީހަކު ޝަހީދު ވެފައިވާ ކަަމަށެވެ. އަދި ޖަބަލިއްޔާ އަށް ދިން ހަމަލާއެއްގައި 3 މީހަކު ޝަހީދު ކޮށްލައިފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

މިދެހަމަލާގައި ޝަހީދިުވި މީހުންގެ ތެރޭގައި ޣައްޒާއަށް ނިސްބަތްވާ ނޫސްވެރިޔެއް ކަމަށްވާ އާޔަތް ޚަދޫރާ ވެސް ހިމެނެއެވެ. އޭނާ ޝަހީދު ކޮށްލުމާއި އެކު ފާއިތުވި 24 ގަޑިއިރުތެރެއިން ޣައްޒާގެ 2 ނޫސްވެރިޔަކު ޝަހީދުވީއެވެ.

ހަމާސްގެ އެންމެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓައިލައި ހަމާސް އިން ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށް ހުޅުވާޅި ދޮރު މިހާރު ބަންދު ވެފައިވާ ކަމަށެވެ.

އަލްޖަޒީރާގައި އިތުރަށް ބުނެފައިވަނީ ޣައްޒާގެ އިންދޮނީސީ ހޮސްޕިޓަލުގެ ވަށައިގެން އިޒްރާއިލުގެ ޔަހޫދީން ސިފައިން ބަރުހަތިޔާރާއި އެކު ތިބުމުގެ ސަބަބުން އެހޮސްޕިޓަލްގެ ތެރޭގައި އެތައް މެޑިކަލް ވޯކަރުންނަކާއި އެތައް ބަލިމީހުންނެއް އެތަނުގައި ތާށިވެފައިވާ ކަމަށެވެ. އަލްޖަޒީގައި ޑަބްލިޔުއެޗްއޯ އަށް ހަވާލާދީ ބުނެފައި ވަނީ އެހޮސްޕިޓަލުގައި ތިބި މީހުންގެ ތެރެއިން 12 މީހަކު އިޒްރާއިލުން ޝަހީދު ކޮށްލައިފައިވާ ކަމަށެވެ.

އިންދިނީސީ ހޮސްޕިޓަުގައި ތިބި ބައެއް މީހުން އެހޮސްޕިޓަލުން ނުކުމެ ޣައްޒާގެ ދެކުނަށް ފައިގެ މަގުން ވަނީ ގޮސްފައެވެ. ޣައްޒާގެ ދެކުނަށް ވެސް އިޒްރާއިލުން ދަނީ ހަމަލާދެމުންނެވެ. އަދި އެސަރަހައްދުގެ ހޮސްޕިޓަލްތައް ވެސް ހުރީ ފުރި ތޮއްޖެހިފައެވެ.

މީގެ އިތުރުން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައިވެސް އިޒްރާއިލުން ދަނީ އަނިޔާވެރި ޢަމަލުތައް ހިންގަމުންނެވެ. އެގޮތުން އަރައްބާ އަވަށުގައި ހިންގި މިލިޓަރީ ރެއިޑެއް ގައި އެކަކު ޒަޚަމްކޮށްލައިފައިވެއެވެ. މީގެ އިތުރުން ޣިއްފިން އަދި ޣިބްތިއްޔާ ގައިވެސް މިލިޓަރީ ރެއިޑްތައް ވަނީ ހިންގައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.