ޣައްޒާގައި ގޭހާއި ތެޔޮ ނެތުމުގެ ސަބަބުން ކްލޭ އަވަނުގައި ފިހެފައިވާ ރޮށިތަކެއް. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
21 Nov 2023 | 12:14
ޣައްޒާގެ 2.2 މިލިއަން މީހުން ކާބޯތަކެތީގެ އަވަސް އެހީއަށް ޖެހިފައި: ޑަބްލިޔުއެފްޕީ

ޣައްޒާގެ 2.2 މިލިއަން މީހުން ކާބޯތަކެތީގެ އަވަސް އެހީއަށް ބޭނުންވެފައިވާ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން ބުނެފިއެވެ.

އަލްޖަޒީރާގައި ޑަބްލިޔުއެފްޕީ އާއި ހަވާލާދީ ބުނެފައިވަނީ ޣައްޒާ 2.3 މިލިއަނެއްހާ މީހުންނަށް ކާބޯތަކެތީގެ އެހީ ވަރަށް އަވަހަށް ބޭނުން ވެފައި ވާ ކަމަށާއި އަދި އެތަކެތި ފޯރުކޮށްދިނުމަށް ބޮޑެތި ދަތި ތަކެއް ކުރިމަތި ވެފައިވާ ކަމަށެވެ.

“މިހާރު ޣައްޒާގައި ކުރިއަށްދާ ކާބޯތަކެތީގެ ޕްރޮގްރާމް ވަނީ ހުއްޓުމަކާއި ގާތްވެވަފަ، ޑަބްލިޔުއެފްޕީ އާއި އަހަރެމެންގެ ބައިވެރިންނަށް މިވަނީ އިތުރު ތަކެއްޗަށް ބޭނުންވެފައި، ތެލާއި ގޭސް އަދި ހާލުގައި ޖެހިފައިތިބި މީހުންނަށް ގުޅޭނެ ގޮތް އެބަބޭނުންވޭ” ޔޫއެން ގެ ޑަބްލިޔުއެފްޕީ އިން ބުނެފައިވެއެވެ.

ޔޫއެން އިން ހާމަކޮށްފައިވާ ޣައްޒާގެ ހާލަތުގައި ވަނީ ޣައްޒާގެ ތެރޭގައި ގައިން ގަޔަށް އަރާ ބަލިތައް ހަލުވި ކަމާއި އެކު ފެތުރެމުންދާ ކަމަށާއި ނުސާފު ފެން ބޭނުންކުރުމުގެ ސަބަބުން ޖެހޭ ބަލިތައް ޣައްޒާގައި ފެތުރެމުންދާ ކަމަށެވެ.

މީގެ އިތުރުން ވަގުތީ ބޯހިޔާވަހިކަން ހޯދުމަށް ތަންތަނަށް އެކަށީގެން ނުވާ މިންވަރަށް މީހުން ޖަމާވަމުންދިއުމުގެ ސަބަބުން ބަލިތައް ފެތުރޭ މިންވަރު އަވަސްވެފައިވާ ކަމަށެވެ. އަދި އެފަދަ ވަގުތީ ހިޔާ ތަކުގައި މީހުން ގިނަވެ 700 މީހުން އެއް ފާހާނައެއް ބޭނުން ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.