ނަޝީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
21 Nov 2023 | 11:39
އިންޑިއާއަށް ބަދުބަސް ބުނެފަ ކައިބޮއި އުޅެވޭނެކަމަށް ބަލައިގެނެއް ނުވާނެ: ނަޝީދު

އަވައްޓެރި އިންޑިއާ އަށް ބަދު ބަސް ބުނެފައި، ދިވެހިރާއްޖޭގެ ރައްޔިތުން ތަނަވަސްކަމާއި އެކު ކައިގެން ބޮއެގެން އުޅެވޭނެކަމަށް ބަލައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ރިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއަށް އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ދައުލަތުގެ ބަޖެޓަށް އަލިއަޅުވާލާ ވާހަކަދައްކަވަމުން ނެވެ. 

ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު މުޅިންހެން ބިނާވަނީ ބޭރު ގައުމުތަކުން ރާއްޖެއަށް ލިބެން އޮތް ފަންޑަށް ކަމަށެވެ. އެކަމަށްޓަކައި އިންޑިއާއަށް ބަދު ބަސް ބުނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެގޮތުން މުޅި ބަޖެޓު ބޭރު ގައުމުތަކަށް ބަރޯސާކޮށްފައި ވާ މި ދަނޑިވަޅުގައި އިންޑިއާއަށް ބަދު ބަސް ބުނެގެން ދިވެހި ރައްޔިތުންނަށް ކައިގެން ބޮއެގެން އުޅެވޭނެކަމަށް ދެކިގެން ނުވާނެކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ އިންޑިއާ އާއި އެކުގައި އޮތުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިއްޑިޔާއަށް ބަދުބަސްބުނެ، އަޅުގަނޑުމެންނަށް މިތަނުގައި ކައިބޮއި އުޅެވޭނެ ކަމަށް، ތަނަވަސްކަމާއި އެކީގައި އުޅެވޭނެ ކަމަށް އަޅުގަނޑުމެން ދެކެގެން ނުވާނެ. އަޅުގަނޑުމެން އިންޑިޔާއާއި އެކީގައި ތިބުން އެއީ ވަރަށް ބޭނުންތެރި ކަމެއް. މިތަނުގައި އެއްވެސް މަސައްކަތަކަށް އައިސްތިބި އިންޑިޔާ ބޭރުކޮށްލާކަށް އަޅުގަނޑުމެން އުޅެގެން ނުވާނެ. މާދަމާ ޓްރެޝަރީ ބިލް ރޯލްއޯވާ ކުރަން ދާންޖެހޭނީ އެސްބީއައި އަށް. 100 މިލިއަން ޑޮލަރު ބޭނުންވޭ. އެ ރޯލް އެއް ނުކުރެވޭނެ އަޅުގަނޑުމެން އިންޑިޔާއާ ދިމާއަށް ދަނިކޮށެއް."

މެމްބަރު މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި އެއްވެސް ބޭނުމަކަށް އައިސްތިބި އިންޑިއާ މީހުން އަނބުރާ ފޮނުވާައިގެން ނުވާނެ ކަމަށެވެ. އަދި އިންޑިއާއަށް ބަދު ބަސް ބުނެ، އިންޑިއާގެ މީހުން ބޭރު ކުރުމަށް ބާރު އަޅަމުންދާއިރު، އަނެއްކޮޅުން ޗައިނާއިން ދިވެހިރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވެސް ބަލައިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެއާއެކު ނަޝީދު ވިދާޅުވީ އިންޑިއާ ނޫން ގައުމުތަކުން ވެސް ރާއްޖެއަށް ފައިސާ ހޯދުމަކީ ފަސޭހަކަމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. 

އެހެން ކަމުން ސަރުކާރުން މިކަމާއި ދޭތެރޭ ފުންކޮށް ވިސްނާ، ބުއްދިވެރިކަމާއެކު ކަންކަން ތަރުތީބުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް
ހާއުފާ
އޮޅިވަޑައިގެން ނޫޅުއްވާ! އިންޑިޔާއަށް ބަދުބަހެއްވެސް އަދި ކުޑައިމީސް ބަހެއްވެސް ނުބުނޭ. ހަމައެކަނި މިބުނަނީ އަންޑިޔާވިޔަސް އަދި އެހެން ޤައުމެއްވިޔަސް ބިދޭސީ ސިފައިންނަށް މިޤައުމުގައި ޤާއިމުވެ ނުތިބެވޭނެއޭ.
21 Nov 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް