ޣައްޒާގެ ބައެއް ޝަހީދުންގެ ހަށިތައް. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
21 Nov 2023 | 14:05
ޢައްޒާގެ ޝަހީދުންގެ ޢަދަދު 13،300 އަށް އަރައިފި

ފަލަސްޠީނުގެ ޣައްޒާގައި އިޒްރާއިލުން ޝަހީދު ކޮށްލި މީހުންގެ ޢަދަދު 13،300 އަށް އަރައިފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ 7 އޮކްޓޫބަރުގައި އިޒްރާއިލުން ޣައްޒާ އަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 13،300 މީހުން ޝަހީދުކޮށްލައިފައި ވާ ކަމަށެވެ.

އަދި އޭގެ ތެރޭގައި ހިމެނޭ 5600 ޝަހީދުންނަކީ ކުޑަކުދިން ކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން އިޒްރާއިލުން ޣައްޒާގެ އެކި ހިސާބުތަކަށް ދީފައިވާ ހަމަލާތަކުގައި މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އޭގެތެރެއިން ހަތަރު ބައިކުޅަ ތިން ބަޔަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ޣައްޒާއިން 6000 އަށް ވުރެ ގިނަ މީހުން ވީނުވީ އެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.

މީގެއިތުރުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިން 217 މީހަކު ޝަހީދުވެފައި ވާއިރު އޭގެ ތެރެއިން 50 ޝަހީދުންނަކީ ކުޑަކުދިންނެވެ. މީގެ އިތުރުން ހުޅަނގުއައްސޭރިން 2750 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

މިއީ ޖީއެމްޓީ ގަޑިން 5:00 އާއި ހަމައަށް ރިކޯޑް ކުރެވިފައިވާ ޢަދަދުތަކެވެ.

މިއަދުވެސް އިޒްރާއިލުން ދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ނުރައްކާތެރި ހަމަލާތައް ދެމުންނެވެ. އެގޮތުން ޣައްޒާގެ ނުސައިރަތް ރެފިޔުޖީ ކޭމްޕަށާއި ޖަބަލިއްޔާ އަށް މިއަދުވެސް ވަނީ ހަމަލާދީފައެވެ. މީގެއިތުރުން އިޒްރާއިލުން ދަނީ ޣައްޒާގެ އުތުރުގައި ހުންނަ އިންދޮނީސީ ހޮސްޕިޓަލުގެ ގޯތިތެރެޔާއި ކަމަލް އަދްވާނީ ހޮސްޕިޓަލްގެ ގޯތިތެރެޔަށް ބޮމުގެ ހަމަލާތައް ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.