ޣައްޒާގެ އިންދޮނީސީ ހޮސްޕިޓަލް. ފޮޓޯ:އިންޓަރނެޓް
ދުނިޔެ
21 Nov 2023 | 18:45
އިންދޮނީސީ ހޮސްޕިޓަލްގައި އެތައް ސަތޭކަ ބަޔަކު، ދެވޭނެ ފަރުވާއެއް ނެތިފައި

އިންދޮނީސީ ހޮސްޕިޓަލްގައި އެތައް ސަތޭކަ ބަޔަކު، ދެވޭނެ ފަރުވާއެއް ނެތިފައި އެބަތިބި ކަމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލުން ހަތިޔާރާއި އެކު ވަށައިލައިފައިވާ އިންދޮނީސީ ހޮސްޕިޓަލްގައި އެތައް ބަޔަކު ދެވޭނެ ފަރުވާއެއް ނެތި ތާށިވެފައި ތިބި ކަމަށެވެ.

އެގޮތުން 550 މީހަކު ދެވޭނެ ފަރުވާ އެއް ނެތި އިންދޮނީސީ ހޮސްޕިޓަލް ގައި އެބަތިބި ކަމަށާއި، އަދި އިޒްރާއިލް ސިފައިން ހޮސްޕިޓަލްގެ ވަށަލައި ހިޞާރުކޮށްގެން ތިބުމުގެ ސަބަބުން ޒަޚަމްވެގެން ގެނެސްފައިވާ މީހުން ހޮސްޕިޓަލުން ނެރެގެން ފަރުވާދޭން ތަނަކަށް ގެންދެވޭނެ ގޮތެއް ނެތި ހޮސްޕިޓަލުގެ ތެރޭގައި ޝަހީދުވަމުން ދާކަމަށެވެ.

ޖަބަލިއްޔާ ރެފުޔުޖީ ކޭމްޕްގެ ތެރޭގައި ހުންނަ އިންޑޮނީސީ ހޮސްޕިޓަލް ހުޅުވީ 2015 ވަނަ އަހަރުއެވެ. އިންދޮނީސީ ހޮސްޕިޓަލަކީ އިންޑޮނޭޝިއާގެ ވޮލެންޓިއަރުންގެ އޮގަނައިޒޭޝަނެއް ކަމަށްވާ މެޑިކަލް އެމަޖެންސީ ރެސްކިޔު ކޮމިޓީ އިން ހިންގާ ހޮސްޕިޓަލެކެވެ.

އެހޮސްޕިޓަލަކީ 140 މީހުންނަށް އެޑްމިޓް ކޮށްގެން ފަރުވާ ދެވޭ ގޮތައް ފަރުމާކޮށްފައިވާ ހޮސްޕިޓަލަކެެވެ. ނަމަވެސް ޣައްޒާ ހަނގުރާމައަށް ފެށުނުފަހުން އެހޮސްޕިޓަލްވެސް ވަނީ ފުރި ބާރުވެފައެވެ.

އިންދޮނީސީ ހޮސްޕިޓަލްގެ ތެރޭގައި 500 އެއްހާ މީހުން ތާށިވެފައި ތިބި ކަމަށާއި ޑޮކްޓަރުންނާއި ނަރުހުން ތިބީ ބަލިމީހުންނަށް ދޭނެ ފަރުވާއެއްނެތި ބޭސް ނެތި ހާސްކަމުގެ ތެރޭގައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.