ރަފާހް އަށް އިޒްރާއިލުން ދިން ހަމަލާއެއް އިމާރާތަަކަށް އެރި ވަގުތު. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
22 Nov 2023 | 11:00
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ހަމަލާތައް 4 ދުވަހަށް މެދު ކަނޑާލުމަށް އެއްބަސްވެއްޖެ

ހައްދުފަހަނައަޅާފައިވާ އިޒްރާއިލުން ފަލަސްޠީނުގައި ހިންގަމުންދާ ގަތުލު ޢާއްމު 4 ދުވަހަށް މެދު ކަނޑާލުމަށް އެއްބަސްވެއްޖެއެވެ.

4 ދުވަހަށް ހަމަލާތައް ހުއްޓާލުމަށް ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުންދާ މުޖާހިދުން ޝަރުތުކޮށްފައިވަނީ އިޒްރާއިލްގެ ޔަހޫދީ ސިފައިން ރަހީނުކޮށްފައިވާ ފަލަސްޠީނުގެ މީހުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 150 މީހުން ދޫކޮށްލުމަށެވެ.

އަދި އިޒްރާއިލުން ޝަރުތުކޮށްފައިވަނީ ފަލަސްޠީނުގެ ހަނގުރާމަވެރިން ރަހީނު ކޮށްފައިވާ އިޒްރާއިލްގެ ރައްޔިތުންގެ ތެރެއިން 50 މީހަކު ދޫކޮށްލުމަށެވެ.

ހަމަލާތައް ހުއްޓާލުމުގެ އިޢްލާނު ކުރިއަށް މިއޮތް 24 ގަޑިއިރުތެރޭގައި އިޢްލާނު ކުރާނެ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އިޒްރާއިލާއި ހިންގަމުންދާ ގަތުލު އާއްމު މެދުކަނޑާލަން އެއްބަސްވުމަކަށް އައިސްފައިވަނީ ޤަޠަރާއި މިޞްރު އަދި އެމެރިކާ މެދުވެރިވެގެން ދެކެވުނު ވާހަކަތަކުގެ ސަބަބުންނެވެ.

އެގޮތުން ޤަޠަރުން ލަފާކޮށްފައިވަނީ 4 ދުވަހަށް ހަމަލާތައް މެދުކަނޑާލިމަނަމަވެސް އެމުއްދަތު އިތިުރު ވެގެން ހިނގައިދާނެ ކަމަށެވެ. އަދި ހަމަލާތައް މެދުކަނޑައިލާ 4 ދުވަހު ޣައްޒާއަށް އިންސާނީ އެހީގެ 300 އެއްހާ ޓްރަކް ވެއްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިޒްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ ހަނގުރާމަ މެދުކަނޑާލުމުގެ މާނައަކީ ހަނގުރާމަ އެއްކޮށް ހުއްޓައިލުން ނޫން ކަމަށާއި މެދުކަނޑާލަން ބުނެފައިވާ މުއްދަތު ފާއިތުވުމުން ހަމަލާތައް ފަށާނެ ކަމަށެވެ.

އިޒްރާއިލާއި ފަލަސްޠީނުގައި ހިންގަމުންދާ ލާ އިންސާނީ ޖަރީމާތައް ކުރިއަށްދާތާ 47 ދުވަސް ވަނީ މިހާރު ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.