ތަރިކަ އާއި ސަގާފަތާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް--- ފޮޓޯ/ވޮއިސް
ހަބަރު
22 Nov 2023 | 14:19
ގައުމީ ޗާޕްޚާނާ އިޢާދަ ކޮށް، ފޮތްތެރި މުޖުތަމަޢުއެއް އުފެއްދުމުގެ މަސައްކަތް ހަފްތާ 14 ގައި ފެށޭނެ: މިނިސްޓަރ

ދިވެހިރާއްޖޭގެ ގައުމީ ޗާޕު ޚާނާ އަލުން އިއާދަކޮށް، ފޮތްތެރި މުޖުތަމަޢުއެއް އުފެއްދުމުގެ މަސައްކަތް މ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ފެށިގެންދާނެ ކަމަށް ދިވެހި ބަހާއި، ތަރިކަ އާއި ސަގާފަތާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ދިވެހި ބަހާއި، ތަރިކަ އާއި ސަގާފަތާއި ބެހޭ ވުޒާރާއިން ހަފްތާ 14 ގައި ކުރަން ރޭވިފައި ހުރި މަސައްކަތް ތަކާއި މިހާރު ކުރެވުނު ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ސުކޫލް ތަކާއި ޔުނިވާސިޓީ ތަކުގެ ލައިބްރަރީތަކުގައި ދިވެހި ވާހަކަފޮތް ތަކާއި، އެނޫންވެސް ދިވެހި ފޮތްތައް އިތުރުކޮށް، ދިވެހި ލިޔުންތައް ލިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ރޭވިފައިވާ ކަންކަމާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަސީރު ވިދާޅުވީ، އެކަމަށްޓަކައި ސަރުކާރުގެ ފުރަތަަމަ 14 ހަފްތާގައި ފަށަން ރޭވިފައިވާ ވަރަށް މުހިންމު ކަންކަން ހުރި ކަމަށެވެ. 

އެގޮތުން ގައުމީ ޗާޕު ޚާނާ އަލުން އިއާދަކޮށް، ވާހަކަ ފޮތްތަކާއި ޢިލްމީ އެކިއެކި ލިޔުންތައް ލިޔެ ޗާޕުކުރަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނަސީރު ވިދާޅުވި އެވެ. 

ތަރިކަ އާއި ސަގާފަތާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް--- ފޮޓޯ/ވޮއިސް 

އިރާދަކުރެއްވިޔާ ގައުމީ ޗާޕު ޚާނާ، އަލުން އިއާދަކުރުން އޮންނާނެ މިސަރުކާރުގައި. ދައުލަތުގެ ގައުމީ ޗާޕު ޚާނާއެއް އުފަންވެގެން އަންނާނެ. ހަފްތާ 14 ގެ ތެރޭގައި އެ މަސައްކަތް ފަށާނަން. އެ މަސައްކަތް ފެށުނީމަ، އޭގައި އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ، މިހާރުވެސް، އަޅުގަނޑަށް އެނގިފައި އެބަހުރި، ވަރަށް ރަނގަޅު، ވަރަށް ޢިލްމީ، ދިވެހިންގެ އަމިއްލަ ތާރީޚާ ގުޅޭ ފޮތް ތަކާއި، ވަރަށް ގިނަ ފޮތްތަކުގެ ތަރުޖަމާވެސް ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި އަމިއްލަފުޅަށް ފޮތް ލިޔުއްވާ ހިތްޕުޅުން ފޮތް ލިޔުއްވާފައި، އެކަމަކު، ޗާޕުގެ އަގުބޮޑު ކަމާއި އަޅުގަނޑުމެންގެ ފޮތުގެ ޝައުގުވެރިކަން އޮންނަލެއް ކުޑަ ކަމުން، މާލީ ސަބަބުތަކާއި ހުރެ އެ ޗާޕު ނުކުރެވިފައި. 

ތަރިކަ އާއި ސަގާފަތާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް 

މިނިސްޓަރު ވިދާޅުވީ، ފޮތް ލިޔެ ޗާޕުކޮށް ނެރެން ބޭނުންވާ ފަރާތްތަކަށް އެ ކަމަށް އެހީވެ، ފޮތްތެރި މުޖުތަމަޢުއެއް އުފެއްދެވުމަކީ ރައީސް ޑރ. މުޢިއްޒުގެ ވިސްނުން ފުޅެއް ކަމަށެވެ. 

"ގައުމިއްޔަތު މަޝްރޫއު ތެރޭގައި ރައީސް ގެ ވިސްނުންފުޅަކީ ފޮތް ތެރި މުޖުތަމަޢުއެއް އުފެއްދުން. އެ މުޖުތަމަޢު އުފެއްދުމަށްޓަކައި ދައުލަތުގެ ޗާޕްޚާނާ އެއް އުފެއްދޭނެ. އަދި ކުތުބުޚާނާތައް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ. ހަފްތާ 14 ގެ ތެރޭގައި މި މަސައްކަތް ފެށޭނެ"

ތަރިކަ އާއި ސަގާފަތާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ، ދިވެހި ގައުމާ، ތާރީޚާއި، ސަގާފަތާއި، ދިވެހިންގެ ޖިއޮގްރަފީ އާއި އާދަކާދައަށް ދަރިވަރުން އަހުލުވެރި ކުރުވާނެ ވަކި މާއްދާއެއް ތަޢާރަފް ކުރުމަށް ރައީސް މުޢިއްޒުގެ މެނިފެސްޓޯ ގައި ހިމެނިފައިވާކަން ފާހަގަކުރައްވައި، އެކަން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ފޮލެޓްބޮސް
މަނިކްފާނު ބުނި ފޮލެޓް ކޮބާ..... ޢަޅުގަނޑު ސިޔާސީ މީހެއްނޫން އެކަހަލަ މަގާމެއްވެސް ބޭނުމެންނޫން. ހަދާންކޮންދިނީ 20 ދުވަސްކުރިން ބުނި ވާހަކަ.... ފޮނިފަށެއް ދައްކާފަ ވީގޮތް
22 Nov 2023
ގުޅޭ ލިޔުންތައް
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ