ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން. ފޮޓޯ: އިންޓަރނެޓް
ދުނިޔެ
23 Nov 2023 | 07:11
އިޒްރާއިލް ރައްޔިތުން މިހާރު ނަތަންޔާހޫއަށް ތާއީދެއް ނުކުރޭ: އުރްދުޣާން

އިޒްރާއިލް ރައްްޔިތުން މިހާރު އެމީހުންގެ ބޮޑުވަޒީރު ނަތަންޔާހޫ އަށް ތާއީދު ނުކުރާ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.

އުރްދުޣާން މިހެން ވިދާޅުވީ އަލްޖީރިއާ އާއި ތުރުކީވިލާތް ގުޅިގެން ބޭއްވި ބިޒްނަސް ފޯރަމް އެއްގައި ވާހަކަދައްކަވަމުންނެވެ.

އުރްދުޣާން ވިދާޅުވީ އިޒްރާއިލްގެ ބޮޑުވަޒީރަކީ، ޣައްޒާގައި އޭނާ އިސްވެހުރި ޤަޠުލްޢާންމު ތަކުގެ ކުށުގައި، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހިފައިވާ މީހެއް ކަމަށެވެ.

“ނަތަންޔާހޫގެ ނަން އެދަނީ އޮއްސެން، އެންމެ ކުޑަމިނުން އިޒްރާއިލްގެ މީހުންވެސް ނަތަންޔާހޫ އަށް ތާއީދު ނުކުރޭ” އުރްދުޣާން ވިދާޅުވެފައިވެެއެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 1400 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ބޯހިޔާވަހިކަން ގެއްލިފައެވެ.

“އިޒްރާއިލްގެ ހަމަލާތަކުން އެމީހުންގެ އަސްލު އެނގިގެން ހިނގައްޖެ، އިޒްރާއިލާއި އެމީހުންގެ ސަޕޯޓަރުންގެ އަސްލު ހަޤީޤީ ނިޔަތް ސާފުވެގެން ހިނގައްޖެ، އިޒްރާއިލުން ޣައްޒާގައި ހިންގި ޖަރީމާތައް، އިންސާނިއްޔަތާއި ޚިލާފަށް ހިންގި ޖަރީމާތަކަށް އަދަބު ދިނުމަކީ ވަރަށް މުހިންމުކަމެއް” އުރްދުޣާންގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ.

އިޒްރާއިލް ސިޔާސަތުތަކަކީ ބަލައިގަނެވޭނެ، ޤަބޫލްކުރެވޭނެ ސިޔާސަތުތަކެއް ނޫން ކަމަށާއި، އެމީހުންގެ މަޤްޞަދަކީ ފަލަސްޠީނުގެ ބިން ގަދަކަމުން ފޭރި ގަތުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.