ޣައްޒާގެ ހޮސްޕިޓަލެއް. ފޮޓޯ: އިންޓަރނެޓް
ދުނިޔެ
23 Nov 2023 | 17:46
ޣައްޒާގެ ހޮސްޕިޓަލްތައް ހުސްކުރުމަށް ޑަބްލިޔުއެޗްއޯ އަށް އެއްބާރުލުން ނުދިނުމަށް ނިންމައިފި

ޣައްޒާގެ ހޮސްޕިޓަލްތައް ހުސްކުރުމަށް ކުރާ މަސައްކަތްތަކުގައި ވޯލްޑް ހެލްތް އޯގަނައިޒޭޝަނަށް އެއްބާރުލުން ނުދިނުމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ނިންމައިފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާ އާއި ހަވާލާ ދީ އަލްޖަޒީރާގައި ބުނެފައިވަނީ އެމިނިސްޓްރީ އިން ޣައްޒާގެ ހޮސްޕިޓަލްތަކުގައި ޒަޚަމްވެފައި ތިބި މީހުންނާއި ބަލިމީހުން އަދި މެޑިކަލް ސްޓާފުން ހުސްކުރުމަށް ޑަބްލިޔު އެޗްއޯ އަށް އެެއްބާރުލުން ނުދިނުމަށް ނިންމައިފައިވާ ކަމަށެވެ.

ފަަލަސްޠީނުގެ ހެލްތް މިނިސްޓްރީގެ މިފަދަ ނިންމުމަކަށް އައިސްފައިވަނީ އިޒްރާއިލްގެ ޔަހޫދީން ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ މުޙައްމަދް އަލް ސަލްމިއްޔާ ހައްޔަރު ކުރުމާއި ގުޅިގެނެވެ.

އަޝްރަފް އަލް ޤަދްރާ ވިދާޅުވެފައިވަނީ އިޒްރާއިލުން، ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހައްޔަރުކުރުމުގެ ޒިންމާ ނަގަން ޖެހޭނީ ޔޫއެން އިން ކަމަށެވެ. އަދި އިޒްރާއިލްގެ ސިފައިން އަނިޔާވެރިކަމާއި އެކު މެޑިކަލް ސްޓާފުންނާއި މެދު އަމަލު ކޮށްފައިވާ ކަން ވެސް އަޝްރަފް ވަނީ އަލްޖަޒީރާ އާއި ވާހަކަ ދައްކަވަމުން ފާހަގަކުރައްވައިފައެވެ.

ހަތަރު ދުވަހަށް ހަމަލާތައް ހުއްޓާލުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އިޢްލާނުކުރާނެ ކަމަަށް އިޒްރާއިލުން ބުނެފައިވީނަމަވެސް އިޒްރާއިލުން އަދި އެކަން އިޢްލާނު ކޮށްފައެއް ނުވެއެވެ. އަދި ރެއާއި މިއަދުވެސް އިޒްރާއިލުން ދަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.

އިޒްރާއިލުން މިއަދު ވަނީ ޣައްޒާގައި ހުންނަ އަލް އިންދޮނީސީ ހޮސްޕިޓަލް، 4 ގަޑިއިރުތެރޭގައި ހުސްކުރުމަށް އަންގައިފައެވެ. އެެއެންގުން އެންގި އިރުވެސް އިޒްރާއިލްގެ ސިފައިން ތިބީ އިންދޮނީސީ އޮތީ ހިޞާރުކޮށްފައެވެ.

އިޒްރާއިލުން އިންދޮނީސީ ހޮސްޕިޓަލް ހުސްކުރުމަށް އެންގިއިރު އެހޮސޕްިޓަލްގެ ތެރޭގައި 200 ޕޭޝަންޓުން ތިބި ކަމަށެވެ. އަދި އިޒްރާއިލުން އެންގި އެއެންގުން އެންގުމުގެ ކުރިން އިއްޔެ އެހޮސްޕިޓަލުން 450 ޕޭޝަންޓަކު ބޭރު ކުރެވިފައިވާ ކަމަށެވެ. ހޮސްޕިޓަލުން މީހުން ބޭރުކުރުމަށް ބޭނުންކުރި އެމްބިޔުލާންސްގައި ފަހަރަކު 6 ބަލި މީހުން އުފުލައިފައިވާ ކަމަށެވެ.

މީގެ އިތުރުން އިންދޮނީސީ ހޮސްޕިޓަލްގެ ތެރޭގައި ޝަހީދުވެފައި ތިބި 65 މީހެއްގެ ހަށިގަނޑު ވަޅުލެވޭނެ ގޮތެއް ނެތިފައި އެބަހުރި ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.