މިނިސްޓަރ ޝިޔާމަށް މަޤާމުގެ ފަތްކޮޅު އެރުވުން: ފޮޓޯ: ވޮއިސް
ހަބަރު
25 Nov 2023 | 11:03
ރައްޔިތުން އެދޭ އަމާޒަށް އަމާޒަށް ޤައުމު ގެންގޮސްދެއްވުމަށް ރައީސް ޑރ މުޢިއްޒަށް އެއްބާރުލުން ދޭނަން: މިނިސްޓަރ ޝިޔާމް

ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދެއްވުމަށް ރައީސް ޑރ.މުޢިއްޒަށް އެންމެ ފުރިހަމައަށް އެއްބާރުލުންދީ އަދި އެމަނިކުފާނަށް އިތުބާރުކުރައްވާ ރައީސް ޑރ. މުއިއްޒު ހަވާލުކުރެއްވި ޤައުމީ މަސްޢޫލިއްޔަތު އެމަނިކުފާނުގެ ލަޔާޣަތާ ޤާބިލިއްޔަތު ތަންދިން އެންމެފުރިހަމައަކަށް އަދާކޮށްދިނުމަކީ ޢަޒުމެއް ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި އުފެދުނު ދެބަސްވުންތަކަށްފަހު، އެކޯލިޝަންގެ ލީޑަރ، ކުރީގެ ރައީސް ޔާމިން ޕީޕީއެމްއިން ވަކިވެ ވަޑައިގަންނަވާ އައުޕާޓީއެއް އުފައްދަވާކަން އިއުާނުކުރެެއްވުމަށްފަހު އެކަމުގެ ތައްޔާރީތައް ކުރިއަށްދާ ދަނޑިވަޅުގައި މިނިސްޓަރ ޝިޔާމްކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އުމާ ރައްޔިތުންނަށް އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދީ ދިވެހީން ގެނައި މި އުއްމީދީ ސަރުކާރު ދަމަހައްޓަން އެންމެކުރީސަފުގައި މަސައްކަތްކޮށްދިނުމަކީ އެމަނިކުފާނުގެ ޢަޒުމެއް ކަމުގައެވެ.  

މީގެ އިތުރުން އެމަނިކުފާނުގެ ޓުވީޓުގައި ވަނީ، 19 ވަނަ މަޖިލީހާއެކު ޕާޓީގެ ނައިބުރައީސެއްގެވެސް މަސްޢޫލިއްޔަތާއެކު މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަދު މެންބަރުންކޮޅަކާއެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ މުހިއްމު މަސްޢޫލިއްޔަތު ވެގެންގޮއްސްފައިވަނީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތެއް ކަމުގައިކަން ފާހަގަކުރައްވައިފައެވެ.

މީގެއިތުރުން ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ޙައްޤުނޫން ސިޔާސީ ޙުކުމެއްގައި ޖަލުގައި ޤައިދުކޮށްގެން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤު ސަރުކާރުން ނިގުޅައިގަނެގެން ކުރިމަތިކުރުވި ދަތި ދުވަސްތައް ވެގެން ދިޔައީ އެންމެ ބޮޑު ގޮން ޖެހުމަށް ކަމުގައިވެސް ޝިޔާމްގެ ޓުވީޓުގައި ވަނީ ފާހަގަކުރައްވައިފައެވެ. 

ދާއިރާތަކުގެ ލޮބުވެތި ރައްޔިތުންގެ އިތުރުން ޕާޓީގެ ލީޑަރޝިޕް، ޕީޖީ ގްރޫޕް މެންބަރުން، ސެނެޓަރުން، ދާއިރާތަކުގެ ރައީސުން، ރަށްރަށުގެ ސްޓިއަރިންގ ކޮމިޓީތަކުން އަދި ޚާއްޞަކޮށް ޕާޓީގެ އާއްމު މެންބަރުންގެ އިތުރުން ރާއްޖޭގެ މީޑިޔާތަކުން ލިބުނީ އާދަޔާ ޚިލާފު ފުރިހަމަ އެއްބާރުލެއްވުމެކެވެ. ނަތީޖާއަކަށްވީ ﷲ ގެ ތަނަވަސް ރަޙުމަތުން 2023 ގެ ރިޔާސީ އިންތިޚާބު ދިވެހީންގެ ކެންޑިޑޭޓު ޑރ.މުޢިއްޒު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އެތައް ބައެއްގެ ލޯތްބާ އެހީތެރިކަމާއެކު ކާމިޔާބުކުރެއްވުމެވެ. އިންތިޚާބުގައި އެހީތެެރިވެ ދެއްވި ހުރިހާ ފަރާތްތަކަށް މިއަދުވެސް ހިތުގެ އެންމެ ފުންމިނުން އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

މިނިސްޓަރ ޝިޔާމް 

ހަމަ އެޔާއެކު މިނިސްޓަރ ޝިޔާމް ވިދާޅުވީ، އިންތިޚާބީ ރައީސެއްގެ ގޮތުގައި ރައީސް ޑރ. މުޢިއްޒު އޭރުގެ ސަރުކާރަށް ކުރެއްވި ފުރަތަމަ އިލްތިމާސަކީ ރައީސް ޔާމީން ކުޑަމިނުން ގެކޮޅަށް ބަދަލު ކޮށްދެއްވުން ކަމަށާއި  ޖެހިގެން އައިދުވަހު ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެވުނު ކަމަށެވެ. 

ހަމަ އެޔާއެކު ރައީސް ޑރ.މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތްޕުޅުތަކެއްގެ ފޮނި ނަތީޖާކަމަށާއި ސަރުކާރު ގެނެވުނީ ރައްޔިތުން 5 އަހަރު މަގުމަތީ ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެގެންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުޢިއްޒު އާއެކު ރައްޔިތުންގެ ވަރަށްގިނަ އުންމީދުތަކެއް އެބަހުރިކަމަށެވެ. 

މީގެ އިތުރުން މިނިސްޓަރ ގެ ޓުވީޓުގައިވަނީ، އިހުނެކޭ އެއްގޮތައް ހުރިހާ ބޭފުޅުންގެ އެހީތެރިކަމާ އެއްބާރުލެއްވުމާ ހެޔޮ ދުޢާއަށް އެދިވަޑައިގެން ރައީސް ޑރ. މުއިއްޒުގެ ޒަޢާމަތަކީ ދިވެހީންނަށް ފަހި ފާގަތި ޒަޢާމަތެއް ކަމުގައި ލެއްވުން އެދި اللهގެ ހަޟުރަތުގައި ދުޢާދަންނަވާކަމުގައި ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.