ހަނގުރާމަ ހުއްޓާލުމާއިއެކު މީހުން އެމީހުންގެ ގެތަކަށް ދަނީ--
ދުނިޔެ
26 Nov 2023 | 07:07
ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލި މުއްދަތު އިތުރުކުރެވޭނެކަމުގެ ސިގްނަލް ލިބިފައިވާކަމަށް މިސްރުން ބުނެފި

އިސްރާއީލުން ޣއްޒާއަށް ދެމުން ގެންދާ ހަމަލާތައް 4 ދުވަހަށް ހުއްޓާލި މުއްދަތު އެއަށްވުރެވެސް އިތުރުކުރެވޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް މިސްރުން ބުނެފިއެވެ.

މިސްރުގެ ސްޓޭޓް އިންފޮމޭޝަން ސާވިސް (އެސްއައިއެސް) ގެ ވެރިޔާ ދިއާ ރަޝްވާން މިއަދު ވިދާޅުވީ ޣައްޒާގެ ހަނގުރާމަވަގުތީ ގޮތުން ހުއްޓާލި މުއްދަތު އެއް ދުވަސް ނުވަތަ ދެ ދުވަހަށް އިތުރުކޮށްފާނެ ހުރިހާ ފަރާތަކުން ވެސް ފެހު ސިގްނަލްތަކެއް ލިބިފައިވާ ކަމަށެވެ.

އެސްއައިއެސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމުގެ މުއްދަތު ހަތަރު ދުވަހަށް ވުރެ އިތުރުކުރުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އައުމަށް ހުރިހާ ފަރާތްތަކާ އެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އޭގެ މާނައަކީ އެދުވަސްތަކުގެ ތެރޭގައި "ޣައްޒާގައި ބަންދުކޮށްފައިވާ އިތުރު މީހުންނާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ދޫކޮށްލުން" ކަމަށެވެ.

މިސްރުގެ ސްޓޭޓް އިންފޮމޭޝަން ސާވިސް (އެސްއައިއެސް) ގެ ވެރިޔާ ދިއާ ރަޝްވާން--

ރަޝްވާން ވިދާޅުވި ގޮތުގައި ޣައްޒާގައި އަޅުވެތިކޮށްފައިވާ 13 މީހުންނާއި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ 39 މީހުންގެ ލިސްޓެއް ލިބިފައިވާ ކަމަށާއި އެމީހުން ދޫކޮށްލަން އިސްރާއީލުން ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން ރަޝްވާން ހާމަކުރެއްވި ގޮތުގައި ޣައްޒާގެ އުތުރަށް ދަތުރުކުރި އިންސާނީ އެހީ ހިފައިގެން ދިޔަ 50 އުޅަނދު ރައްކާތެރިކަމާއި އެކު މިއަދު ވަނީ ރަފާހު ބޯޑަރު ހުރަސްކޮށްފައެވެ.

 މިދިޔަ ބުދަ ދުވަހު އިސްރާއީލާއި ހަމާސް އިން ވަނީ މިސްރާއި ގަތަރާއި އެމެރިކާއިން ބައިވެރިވި ބައްދަލުވުމެއްގެ ތެރެއިން ޣައްޒާގައި ހިނގަމުންދާ ހަނގުރާަމަ 4 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ހިމެނެނީ ޣައްޒާގައި ހިނގަމުންދާ ހުރިހާ ޢުދުވާނުތަކެއް ހުއްޓުވުމާއި، ފަލަސްތީނުގެ 2.4 މިލިއަން ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމެވެ.

ކާބޯތަކެއްޗާއި، ފެނާއި، ސިއްހީ ސާމާނާއި، ތެޔޮ ހިފައިގެން ޖުމްލަ 200 އެހީ އުޅަނދު ހުކުރު ދުވަހު ވަނީ މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ރަފާހު ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަދެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.