އެމް.އޭ.ސީ.އެލްގައި ދިގުމުއްދަތެއްގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވު ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އެމްއޭސީއެލް
ހަބަރު
26 Nov 2023 | 18:02
އެމް.އޭ.ސީ.އެލްގައި ދިގުމުއްދަތެއްގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި!

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ވަޒީފާގައި ދިގުމުއްދަތެއްގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޙާއްސަ ރަސްމިއްޔާތެއް ބާއްވާއިފިއެވެ.

ހުކުރު ދުވަހުގެރޭ ދަރުބާރުގޭގައި، މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޠާހާ ގެ އިތުރުން ކުންފުނީގެ އިސްވެރިން ވަނީ ބައިވެރި ވަޑައިގެންފައެވެ. 

މި ހަފްލާގައި ޖުމްލަ 139 މުވައްޒަފަކަށް ވަނީ އެ މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވަމުންގެންދަވާ މަސައްކަތުގެ އަގުވަޒަންކޮށް ހަދާނީ ފިލާ ހަވާލުކޮށްފައެވެ. މިގޮތުން އަގުވަޒަން ކުރެވުނު ދާއިރާތަކަކީ؛ 

20 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 24 މުވައްޒަފުން 

25 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 69 މުވައްޒަފުން 

30 އަހަރު ހިދުމަތްކޮށްދެއްވާފައިވާ 35 މުވައްޒަފުން 

35 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 6  މުވައްޒަފުން 

40 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 5 މުވައްޒަފުން 

މީގެ އިތުރުން، ކުންފުނީގެ މަސައްކަތުން ރިޓަޔާރ ކުރައްވާފައިވާ 11 މުވައްޒަފަކަށްވެސް އެމުވައްޒަފުން ކޮށްދެއްވި ހިދުމަތްތައް ފާހަގަ ކޮށް ހަދާނި ފިލާ ހަވާލުކޮށްފައިވެއެވެ. 

އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލް މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޠާހާ ވިދާޅުވީ ކުންފުޏެއްގައި ދިގު މުއްދަތެއް މުވައްޒަފުން ހޭދަކުރާނީ އެކުންފުޏަކީ މަސައްކަތް ކުރުމަށް އެކަށިގެންވާ ތަނަކަށް ވުމުންކަމަށެވެ. އެމް.އޭ.ސީ.އެލް އަކީ މުވައްޒަފުންގެ އަގުވަޒަންކުރާ، މުވައްޒަފުންނަށް ރަގަޅު މާހައުލެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއްކަމަށް ޠާހާ ވިދާޅުވިއެވެ. 

"މި ޒަމާނުގައި އެއްތަނެއްގައި 5 އަހަރު ޚިދުމަތް ކުރުމަކީ ދިގުމުއްދަތުކަމަށް އަޅުގަނޑުމެން ދެކެން. މިއަދުގެ ޖީލަކީ ތަފާތު މާހައުލުތަކުގައި މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއް އަވަހަށް ހޯދަންބޭނުންވާ ޖީލެއް. އެއީ ހަގީގަތުގައި ވަރަށް ރަނގަޅުވެސް ކަމެއް. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޚިދުމަތުގެ މުއްދަތު ކުރުވިޔަސް އަދި ދިގުވިޔަސް، މަސައްކަތަށް ޙާޟިރުވެ ހޭދަވާ ވަގުތަކީ ތިމާގެ 100% ދީގެން މަސައްކަތްކުރާ ވަގުތުކަމުގަ ހައްދަވާށޭ. ކަމަށް ކަމޭހިތައިގެން ފަރުވާތެރިކަމާއެކު މަސައްކަތް ކުރުމަކީ މީހާ ވަރަށް ފަސޭހައިން ކުރިއަރައިދާނެ ކަމެއް." 

އެމްއޭސީއެލްގެ ޑެޕިއުޓީ އެމްޑީ އިބްރާހިމް ޠާހާ

ޠާހާ ވަނީ ރާއްޖޭގެ މައި އެއަރޕޯޓަކީ ދިވެހިން ފަޚުރުވެރިވާ އެއަރޕޯޓެއްކަމަށް ހެދުމަށް މަސައްކަތްކޮށްވުމަށާއި، އަދި އެއަރޕޯޓަށް އަންނަމުންދާ ޒަމާނީ ބަދަލުގައި ހިއްސާވުމަކީ ކޮންމެ މުވައްޒަފެއްގެ ވެސް އުފަލެއްކަމުގައި ހެއްދެވުމަށް އެދިވަޑައިގެންފައެވެ.

އަދި ވެލާނާ އެއަރޕޯޓަކީ ސަރަޙައްދީ ފެންވަރުގެ އެއަރޕޯޓަކަށް ހެދުމަށް ގިނަ ދުވަހު ކުންފުނީގައި މަސައްކަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ ތަޖުރިބާ މުހިއްމުކަންވެސް ތާހާ ފާހަގަކުރެއްވި އެވެ. 

ރާއްޖޭގެ މައި ވައިގެ ބަދަރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގަމުން އަންނަ އެމް.އޭ.ސީ.އެލްގައި ހަތަރުހާހައި ގާތްކުރާ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރަމުން ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.