ޖަލުން މިނިވަންކުރި ރާމައްﷲގެ މީހެއް އޭނާގެ ދަރިފުޅާއި އެކު. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
27 Nov 2023 | 12:56
ހަމަލާތައް ހުއްޓާލައިފައިވާ މުއްދަތު އިތުރުކުރުމަށް އިޒްރާއިލަށް ޕްރެޝަރކުރަނީ

އިޒްރާއިލާއި ފަލަސްޠީނުގެ މުޖާހިދުންނާއި ދެމެދު ބަދަލުކުރެވެމުންދިޔަ ހަމަލާތައް ހުއްޓައިލައިފައިވާ މުއްދަތު އިތުރުކުރުމަށް މިޞްރު، ޤަޠަރު އަދި އެމެރިކާއިން ޕްރެޝަރުކުރަމުންދާ ކަމަށް ބޭރުގެ މީޑިއާ ތަކުން ބުނެފިއެވެ.

އިޒްރާއިލްގެ ސިފައިންގެ ފައުޖާއި ވާހަކަދައްކަމުން އިޒްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވައިވަނީ އެމީހުން ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް ހަމަލާބަދަލު ކުރުންތައް ހުއްޓުވުމަށް މެދުވެރިއަކަށް ވި މިޞްރު، ޤަޠަރު އަދި އެމެރިކާއިން ދަނީ ހަމަލާތައް ހުއްޓައިލައިފައި އޮތް އޮތުން ދިގުދަންމާލުމަށް އިޒްރާއިލަށް ޕްރެޝަރު ކުރަމުން ކަަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަލްޖަޒީރާގައި ނަތަންޔާހޫ އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް ބުނި ކަމަށް ބުނެފައިވަނީ ހަމަލާދިނުން މަޑުޖައްސައިލާ ކޮންމެ ދުވަހަކަށް ހަމާސްއިން ރަހީނު ކޮށްފައިވާ މީހުންގެ ތެރެއިން 10 މީހަކު މިނިވަން ކުރާނަމަ ހަމަލާތައް މަޑުޖައްސައިލައިފައިވާ މުއްދަތު ދިގުދަންމައިލެވިދާނެ ކަމަށެވެ.

ރަހިނުކޮށްފައިވާ ޢާންމުން ދޫކޮށްލުމުގެ ތިންވަނަ ބުރުގެ ތެރެއިން އިއްޔެ ހަމާސްގެ މުޖާހިދުންވަނީ އިޒްރާއިލްގެ 13 މީހަކާއި، ތައިލެންޑްގެ 3މީހަކާއި އިޒްރާއިލީ ރަޝިއަން މީހަކު މިނިވަން ކޮށްފައެވެ. އަދި އިޒްރާއިލުން ވަނީ ފަލަސްޠީނުގެ 39 މީހަކު މިނިވަންކޮށްފައެވެ. މިއާއިއެކު ހުޅަނގުއައްސޭރީގައި ވަނީ އެކަމުގެ އުފާ ފާޅުކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

އިޒްރާއިލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 14854 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.