މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/މަޖިލިސް
ހަބަރު
27 Nov 2023 | 13:50
މާލެ ސަރަހައްދުގައި ފަޅުން ގޯތި ދެވޭނަމަ އެހެން ސަރަހައްދު ތަކުގައިވެސް ދެވޭނެ: މިނިސްޓަރ ޑރ. ހައިދަރު

މާލެ ސަރަހައްދުގައި ފަޅު ފަޅުން ގޯތު ދޫކުރެވޭ ނަމަ، ރާއްޖޭގެ އެހެން ރަށް ރަށުގައިވެސް ފަޅުން ގޯތި ދުކުރެވޭނެ ކަމަށް ގެދޮރުވެރިކަމާއި، ބިމާއި، އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ. 

ނިމިދިޔަ ސަރުކާރުން ގެދޮރުވެރިޔާސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކާ ގުޅިގެން، މި ސަރުކާރުން ނިންމާފައިވާ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް، ހައުސިންގް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށްގެން މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި އުނގޫފާރު ދާއިރާގެ މުޙައްމަދު ވަޙީދު (ވައްޑެ) ވަނީ، ކުރީގެ ރައީސް، އިބްރާޙީމް މުހައްމަދު ޞާލިހު ގެ ސަރުކާރުން، މާލެ ސަރަހައްދުން ގޯތި ދޫކުރި އިރު، ފަޅުން ގޯތި ދީފައިވާކަން ފާހަގަކުރައްވައި ، ރާއްޖޭގެ އެހެން ސަރަހައްދު ތަކުގައިވެސް އެހެން އެކަން ނުކުރެވެންވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. 

"(މާލެ ސަރަހައްދުގެ) މިފަޅު ތަކުގެ އިހްތިޞާސް، މިސާލަކަށް ގިރާވަރު ފަޅުގެ އިހްތިޞާސް އޮތީ ކޮންބައެއްގެ ތޯ؟ ތިލަފަޅުގެ އިހްތިޞާސް އޮތީ ކޮން ބައެއްގެ ތޯ؟ އެތަންތަން ވަކި ބޭނުމަކަށް ކަނޑައެޅުމުގެ އިޖުރާއަތުގެ އޮންނަނީ ކިހިނެއްތޯ؟.. އަދި މިހާރު ހަމަ ހިއްކާފައި ނެތް ތަނަކުން، ފަޅުން ގޯތި ދޭ ކަމަށް ވަންޏާ، ކީއްވެގެންތޯ، އަޅުގަނޑުމެން ރަށުން، ރ.ފައިނު ފަޅުން ގޯތި ނުލިބެންވީ؟ ގާނޫނު އަސާސީ އެބަ ބަޔާންކުރޭ ތަފާތު ނުކުރުން. ހަމަހަމަކަން."

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)

މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/މަޖިލިސް 

ވައްޑެގެ އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ހައިދަރު ވިދާޅުވީ، ފަޅުން ގޯތި ދެވޭނެތޯ ނުވަތަ ނޫންތޯ، އެއީ ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާ ކަމެއް ކަމަށެވެ. އަދި، ޞާލިހުގެ ސަރުކާރުން ފަޅުން ގޯތި ދޫކޮށްފައިވަނީ ގަވާއިދު އިސްލާހުކޮށްގެން ފަޅުން ގޯތި ދެވޭގޮތް ހަދައިގެން ކަމަށެވެ. 

އެހެންކަމުން، މާލެ ސަރަހައްދުން އެފަދައިން ގޯތި ދެވޭ ނަމަ އެހެން ސަރަހުންވެސް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އޮތީ، އޭރު އޮތް ގަވާއިދެއް އިސްލާހު ކޮށްގެން، ފަޅުން ގޯތި ދީފައި. ރެޖިސްޓްރީ އެއް ހަވާލުނުކުރެވޭތީ ލިޔުމެއް ދެވޭގޮތަށް ގަވާއިދު ބަދަލުކޮށްގެން ލިޔުން ދީފައި. އަޅުގަނޑަށް ހީވަނީ މި ސަރަހައްދުން ދެވޭ ކަމަށް ވަންޏާ، ރ. ފައިނު ފަޅުންވެސް އެގޮތަށް ދެވެން ވާނެ. އެހެންނޫނިއްޔާ އެއީ ގާނޫނީ ހަމަހަމަކަން ނެތީ."

ހައުސިންގް މިނިސްޓަރު ޑރ ޢަލީ ހައިދަރު އަޙުމަދު 

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މާލޭ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ކުރީގެ ރައީސް ޞާލިހުގެ ސަރުކާރުން، ވަނީ ގުޅީފަޅުން މަދުވެގެން 2,000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައި, އެބިމުންވެސް މަދުވެގެން 2,000 ގޯތި އަދި އުތުރު ތިލަފަޅުންވެސް ގޯތި ދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެން، އެ ސަރަހައްދު ތަކުގެ ފަޅު ތަކުން ގޯތި ލިބިފައިވާ ކަމުގެ ލިޔުންވެސް ހަވާލު ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.