އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް-- ފޮޓޯ: ދި ޔުނައިޓެޑް ނޭޝަންސް
ދުނިޔެ
27 Nov 2023 | 23:22
އިސްރާއީލުން ހިންގަމުންދާ ގަތުލު ޢާއްމު އެއްކޮށް ހުއްޓާލުމަށް އދ. އިން ގޮވާލައިފި

ހަތަރު ދުވަހުގެ މުއްދަތަކަށް ހުއްޓާލާފައި އޮތް ގަތުލުޢާއްމު، ދާއިމީ ކޮށް ހުއްޓާލުމަށް އދ އިން ގޮވާލައިފިއެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ ހަނގުރާމަ އިތުރަށް ކުރިއަށް ނުގެންގޮސް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށާއި އިސްރާއީލުގެ ގަތުލު ޢާއްމު ހަތަރު ދުވަހަށް މެދުކަނޑާލުމަށް އެއްބަސްވުމުގެ ސަބަބުން ޣައްޒާއަށް އެހީ ފޯރު ކޮށްދިނުމަށް މަގު ފަހިވި ކަމަށެވެ. މި އެހީ ތަކަކީ އެތައް ހަފްތާއެއް ވަންދެން އޭގެ ބޭނުން ޣައްޒާއަށް ޖެހިފައިވާ އެހީ ތަކެއް ކަމަވެސް އެންޓޯނިއޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހީގެ ގޮތުގައި ފޯރުކޮށްދެވުނު ތަކެތިން އޭގެ ބޭނުން ޖެހިފައިވާ 1.7 މިލިއަން މީހުނަށް ނުވާނެ ކަމަށާއި މިކަމުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ ހާަލަތު ދާނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންކަމަށެވެ.

"އެ އެއްބަސްވުމަށް މެދުވެރިވި މަޝްވަރާ ކުރިއަށް ގެންދަން ޖެހޭ. ޣައްޒާ އާއި އިސްރާއީލާއި ފުޅާ ސަރަހައްދުގެ ރައްޔިތުންނަށްޓަކައިވެސް ކުރިއަށްމިދާ އިންސާނީ ހަނގުރާމަ ހުއްޓާލަންޖެހޭ" 

އެންޓޯނިއޯ ވިދާޅުވިއެވެ.

ހަނގުރާމަ ހަތަރު ދުވަހަށް މެދުކަނޑާލުމުގެ އެއްބަސްވުން ޤާއިމް ކުރުމަށް އެންމެ އިންކޮށް އުޅުނު ތިން ގައުމު ކަމުގައިވާ ޤަތަރާއި އެމެރިކާ އާއި މިސްރަށް އޭނާ ވަނީ ތައުރީފްވެސް ކޮށްފައެވެ.

މިދިޔަ އޮކްޓޫބާރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއަށް އަނިޔާވެރި އިސްރާއީލު ސިފައިން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 14،854 ފަލަސްތީން ރައްޔިތެއް ވަނީ ޝަހީދުވެފައެވެ. އަދި މިހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޒަހަމްވެފައި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.