މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)-- ފޮޓޯ: މަޖިލިސް
ހަބަރު
28 Nov 2023 | 14:34
ފްލެޓް ދީފައި ހުރީ ދޮގު މައުލޫމާތު ތަކަކަށް ބިނާކޮށް ކަމަށް އެމްޑީޕީގެ މެންބަރު ހުސެއިން ޝަމީމް ވިދާޅުވެއްޖެ

ގެދޮރުވެރިންގެ ސްކީމްގެ ދަށުން 4،000 ފްލެޓް ދީފައިވަނީ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ސަރުކާރުން ދިން ގޯތިތައް މި ސަރުކާރުން އަތުލަން އުޅޭ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ގަރާރުގައި ބަހުސްގައި ކުރައްވަމުން އެމްޑީޕީގެ ދިފާއުގައި ވަކާލާތު ކުރެއްވުމުގެ ބަދަލުގައި ހުސެއިން ވިދާޅުވީ އެ ފްލެޓުތަކަށް ޕޮއިންޓް ދިން ގޮތް ރަނގަޅު ނޫން ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެޅި 4،000 ފްލެޓް ދީފައި ހުރި ފަރާތްތަކުގެ ލިސްޓް ރިވިއުކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

"ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް ދެވޭނެ ކަމަށް ކަނޑައެޅީ ފުރަތަމަ 4،000 ފްލެޓު ދެވޭނެ ކަމަށް އޮތް އޮތުން އަޅުގަނޑު ބަލައެއް ނުގަންނަން. އެއީ އަޅުގަނޑުމެންގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު، ނޫނީ މިނިސްޓަރަކު ފްލެޓް ދެއްވި ނަމަވެސް. އަޅުގަނޑުގެ ދާއިރާގެ ޖެހިގެން ހުރި ގެއަށް ލިބިފަ އަނެއް ގެއަށް ނުލިބުނީމަ އަޅުގަނޑު ދެނެއް ނުޖެހޭ ޕޮއިންޓް ދިން ގޮތް ކިޔައިދޭކަށް." 

ހުސައިން ވިދާޅުވިއެވެ.

މިކަމުންވެސް ސިފަވަނީ ހުރިހާ އެޕްލިކޭޝަންގައި މައުލޫމާތުގެ ތެދު ދޮގު ބަލާނެ ވަގުތެއް  ނުލިބުނު ކަމަށްބުނެ ބަހަނާ ތަކެއް ދެއްކުން ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ. 

ވެރިކަމުގެ ފަސް އަހަރު ނިންމިއިރު ސަރުކާރުގެ ވަޒީރުންނާއި ނައިބު ވަޒީރުންނަށް މިކަން އޮންނަން ޖެހޭނީ މީހަކު ޖަހާފަ ދިންހާ އެއްޗަކަށް ފްލެޓު ދޭނެ އުސޫލަކަށް ނޫންކަމަށާއި ރަނގަޅަށް ލިސްޓް ބަލާފިއްޔާ އެ ހައްގުވާ ގިނަ ބަޔަކު ހިމެނުމުގެ ފުރުސަތު އެބައޮތްކަމަށް ވެސް ހުސައިން ވިދާޅުވިއެވެ.

މި ފްލެޓްތައް ދޫކުރި ގޮތާއިމެދު ހިތްހަމަނުޖެހިގެން އާންމުން ވަނީ އެ މައްސަލަ އޭސީސީއަށް ވެސް ހުށައަޅާފައެވެ. ފްލެޓް ތައް ދޫކުރުމާއި ގުޅޭގޮތުން މި ސަރުކާރުގެ ހައުސިން މިނިސްޓަރ ވިދާޅުވީ ފްލެޓްތައް ބެހުމާއި މެދު އިތުރަށް ގޮތެއް ނިންމާނީ އޭސީސީއިން އެ މައްސަލަ ބަލައި ނިންމުމުންކަމަށެވެ.

ކޮމެންޓް
ވައްލަ
ތިޔައީ ޙައްޤު ތެދެއް
28 Nov 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.