Advertisement

ބައިކިލޯއަށްވުރެ ގިނަ މަސްތުވާ ތަކެއްޗާއި އެކު ހައްޔަރުކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދަށް

29 Nov 2023 | 11:12
ކްރިމިނަލް ކޯޓް. ފޯޓޯ: ވޮއިސް

ބައިކިލޯ އަށްވުރެ ގިނަ މަސްތުވާ ތަކެއްޗާއި އެކު ފުލުހުން ހައްޔަރުކުރި މީހަކު އޭނާގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ބައިކިލޯގެ މަސްތުވާ ތަކެއްޗާއި އެކު ފުލުހުން ހައްޔަރުކޮށްފައިވަނީ، މާލެ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މީހެކެވެ.

ޝަރީޢަތް ނިމެންދެން ރިމާންޑް ޖަލެއްގައި އޭނާ ބަންދުގައި ބަަހައްޓަން އަމުރު ކުރައްވައި ގާޒީ ޢަލީ ނަދީމް އިއްޔެ ނެރުއްވި އަމުރުގައި ބުނެފައިވަނީ ހައްޔަރުކުރި މީހާގެ ޖީބުން މަސްތުވާތަކެތި ހުރި ދަޅަކާއި އޭނާއާ ގުޅުން ހުރި ތަނަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައި ކަމަށެވެ.

އެ ތަކެތީގެ ބަރުދަން 700 ގުރާމަށްވުރެ އިތުރެވެ.

މަސްތުވާތަކެތި ފެނުނު ތަނަކީ މަސްތުވާތަކެތި ވިޔަފާރިކުރަން ބޭނުންކުރާ ތަނެއްކަމަށް ފުލުހުން ކޮށްފައިވާ ތުހުމަތުގައި ވެއެވެ. އަދި އޭނާއަކީ އެކަމުގައި ޢަމަލީ ގޮތުން ބައިވެރިވާ ފަރާތެއް ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

Advertisement

ކޮމެންޓް