ގާޒީ އަލީ އާދަމް. ފޮޓޯ:އިންޓަރނެޓް
ހަބަރު
29 Nov 2023 | 12:57
ވަރިވާންދިޔަ އަންހެންމީހާއަށް ފޯނުކުރި ގާޒީގެ މައްސަލަ ބަލާ ކޮމިޓީގެ ބައްދަލުވުން ސިއްރު

ވަރީގެ މައްސަލައެއްގައި ކޯޓަށް ދިޔަ އަންހެނަކަށް ފޯނުންގުޅި ގާޒީގެ މައްސަލަ ބަލާ ކޮމިޓީގެ ބައްދަލުވުމުން ސިއްރުކޮށްފިއެވެ.

މިމައްސަލައިގައި ޝާމިލްވާ ގާޒީއަކީ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމްއެވެ.

އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާ ޖުޑިޝިއަރީ ކޮމެޓީގެ މިއަދުގެ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

މިމައްސަލައާއި ގުޅިގެން، މީގެ ކުރިން ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި އަލީ އާދަމުގެ މަޤާމުގެ ދަރަޖަ ވަނީ ދަށްކޮށްފައެވެ.

ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ވިދާޅުވީ، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި ފަރާތަކަށް މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އޭނާގެ އިއުތިރާފުން ސާބިތުވާކަމާއި، އަދި އޭނާ ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އޭނާ މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަޤްސަދެއް އޮވެގެންކަން ވެސް ސާބިތުވެފައިވާ ކަމަށެވެ.

މިއަދު 10:00 ޖެހިއިރު، ފެށި އެ ކޮމެޓީއަށް އަލީ އާދަމް ވަނީ ހާޒިރުވެފައެވެ. މީގެ ކުރިން އެ ކޮމެޓީއަށް އޭނާ ހާޒިރުވެފައެއް ނުވެއެވެ. އެހެންވެ މިއަދަށް އެންމެ ފަހު ފުރުސަތު ދިންއިރު، އެ ކޮމެޓީ ފައްޓަވަމުން މުޤައްގަރިރު ވިދާޅުވީ، ކަމާއި ބެހޭ ފަރާތްތައް ގެނެސްގެން ސުވާލު ކުރާއިރު، ނަންތައް ކިޔަން ޖެހޭތީ، މެންބަރުން އިއުތިރާޒު ނުކުރާނަމަ ކޮމެޓީ ސިއްރު ކުރަން ބޭނުންވާ ކަަމަށެވެ. އަދި މެންބަރުންގެ ހުއްދައާއެކު އެ ޖަލްސާ ވަނީ ސިއްރު ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.