ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ. ފޮޓޯ:މަޖިލިސް
ހަބަރު
29 Nov 2023 | 15:00
ރައްޔިިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ ތާވަލުކޮށްފި

ރައްޔިތިންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުاللهގެ އިތުބާރުނެތް ކަމުގެ މައްސަލަ ތާވަލުކޮށްފިއެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވަނީ މިއަންނަ އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާއަށެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ، 50 މެންބަރުންގެ ސޮޔާއިއެކީއެވެ. އީވާގެ އިތުބަރުނެތް ކަމުގެ މައްސަލަ ހުށައަޅައިފައިވަނީ އެމްޑީޕީއެގެ 49 މެންބަރުންނާއި މިނިވަން މެންބަރު ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު (މޮސްޓާ)ގެ ސޮޔާއިއެކުއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާއަށް އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވާފައިވަނީ މި މަހު 20ވީ ހޯމަ ދުވަހުއެވެ.

އެހެންކަމުން މަޖިލީހު ޤަވާއިދުގައި ބުނާގޮތުން މި އަންނަ މަހުގެ 4ވަނަ ހޯމަ ދުވަހުގެ ނިޔަލަށް ވަގުތު ދިނުމަށްފަހު ބާއްވާ އެންމެ ފުރަތަމަ ބައްދަލުވުމުގައި އެ މައްސަލަ ކުރިޔަށް ދާނެއެވެ.

އެގޮތުން އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން އާދީއްތަ ދުވަހު އީވާ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މަޖިލީހުގެ އާނމު ކޮމިޓީއިންވަނީ ނިންމާފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެގުމަށް މަސައްކަތް ކުރަމުންދަނީ އެމްޑީޕީއިންނެވެ. އެޕާޓީއިމް ބުނެފައިވަނީ، އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ ނެގުމަށް މަސައްކަތް އަލުންފެށީ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ދުރުކުރުމަށް އިތުބާރުނެތްކަމުގެ މައްސަލަ ނެގި އިރު އީވާގެ އަމަލުތައް ހުރިގޮތުން ކަމަށެވެ.

އީވާ މަޖިލީހަށް އިންތިޙާބުކުރެވުނީ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޓިކެޓެއްގައެވެ. ނަމަވެސް އީވާ ވަނީ އެ ޕާޓީގެ ކެންޑިޑޭޓުންގެ އިގުރާރާ ހިލާފުވެފައި ކަމަށާއި އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީ، އެމްޑީޕީއަށް އީވާގެ އިތުބާރު ނެތްކަމަށް އެ ޕާޓީއިން ހުށަހެޅި ގަރާރުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.