ވެއްޓިފައިވާ އިމާރާތެއްގެ ދަށުގައި ތާށިވެފައިއޮތް ކުޑަކުއްޖެއް. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
29 Nov 2023 | 16:57
ސިވިލް ޑިފެންސް ގްރޫޕްތަކަށް ހަލާކުވެފައިވާ ޢިމާރަތްތަކުގެ ދަށުން މީހުން ނެގުމުގައި ދަތިތަކެއް!

ޣައްޒާގައި ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުން މީހުންގެ ހަށިތައް ނެގުމަަށް މަސައްކަތް ކުރަމުންދާ ޣައްޒާގެ ސިވިލް ޑިފެންސް ގްރޫޕްތަކަށް އެކަމުގައި ދަތިތަކެއް ކުރިމަތިވަމުންދަ ކަމަށް ސިވިލް ޑިފެންސް ޓީމުގެ މެމްބަރަކު ބުނެފިއެވެ.

އަލްޖަޒީރާ އާއި ވާހަކަ ދެއްކި ޚަލީލް އަބޫ ޝަމާލް ބުނެފައިވަނީ ހަމަލާތަކުގައި ހަލާޚުވެފައިވާ ޢިމާރާތް ތަކުގެ ދަށުގައި ތާށިވފައިވާ މީހުންގެ ހަށިތައް ނެގުމަަށް ކޮނުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ.

“މިފަދަ ޙާލަތްތަކުގައި ބޭނުން ކުރާނެ ހެވީ ޑިޔުޓީ ވެހިކަލް ތައް ނެތުމުގެ ދަތިތައް މިވަނީ ތަހައްމަލް ކުރަން ޖެހިފައި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައިވާ ޝަހީދުންގެ ހަށިތައް ނޫނީ ދިިރިތިބިމީހުންގެ ހަށިތައް ނެގުމަށް މިވަނީ ދަތިވެފަ، މިދައްކަނީ އެތައް ހާސް މީހުންގެ ވާހަކަ، ޚާއްސަކޮށް ބައިތް ޙަނޫން އާއި ބައިތް ލަހިޔާ އޭ ކިޔާ ސަރަހައަދު” ޙަލީލް އަލްޖަޒީރާއަށް ބުނެފައިވެއެވެ.

ޚަލީލް އިތުރަށް ބުނެފައިވަނީ ޣައްޒާގެ ސިވިލް ޑިފެންސް ފޯސް އަށް ބައިނަލް އަޤްވާމީ ފަރާތްތަކުން، މިކަންކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށް ނުދީފިނަމަ އެމަސައްކަތް އެމީހުންނަށް ފުރުހަމައެއް ނުކުރެވޭނެ ކަމަށެވެ.

ސިވިލް ޑިފެންސް ފޯސް އިން ބުނެފައިވަނީ ހަމަލާތައް މެދުކަނޑާލައިފައި އޮތް މުއްދަތުގެ ތެރޭގައި މިހާތަނަށް ކުރެވުނު މަސައްކަތުން ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުން ނެގިފައިވަނީ 160 ޝަހީދުންގެ ހަށިގަނޑުކަމަށެވެ. ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ލަފާކޮށްފައިވަނީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި 7000 އެއްހާ މީހުން ތާށިވެފައިވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.