ރައްޔިތުން މަޖިލީހުގެ ކޮމީޓީ އާއި އެކު އޭސީސީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް
ހަބަރު
30 Nov 2023 | 07:50
މިނިސްޓްރީގެ ސިސްޓަމަށް އޭސީސީއަކަށް އަދި އެކްސެސްއެއް ނުލިބޭ: އޭސީސީ

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން އެކްސަސް ލިބިފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމީޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފަންނީ ބައެއް ކަންކަން ޓެކްނިކަލީ ހަމަޖައްސަން ޖެހޭކަމަށް އޭސީސީއަށް މިނިސްޓްރީގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި ފްލެޓް އަށް އެދި ހުށައަޅާފައިވާ ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ޕޯޓަލްއަށް ވަނުމަށް އެކްސަސް ދިނުމަށް ހައުސިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި ނަމަވެސް އަދި އެކްސަސް ނުލިބޭ ކަމަށެވެ.

"ލިޔެކިއުމަށް ފައިލްތަކާއި އެއްޗެހި އެބަ ލިބޭ މިނިސްޓްރީން. ނަމަވެސް ސިސްޓަމް އެންމެ މުހިންމީ. އަދި އޭސީސީއަކަށް އެކްސަސްއެއް ނުލިބެ ސިސްޓަމަކަށް."

ޝާމިލް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އޭސީސީން ބުނީ ފްލެޓް ތަކުގެ މައްސަލައަކީ އެ އިދާރާއިން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލާ މައްސަލައެއް ކަަމަށާއި، އެކަމަށް ހާއްސަކޮށް އެކުލަވާލައިފައިވާ ޓީމުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝާމިލް ވިދާޅުވީ އޭސީސީގައި ހުރި ކެޕޭސިޓީ ބޭނުންކޮށްގެން ވީ އެންމެ އަވަހަކަށް މައްސަލަ ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިމައްސަލައާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވެސް ވިދާޅުވީ މި މައްސަލައިގައި އެ ކޮމިޝަނުން ވަކި ޓީމެއް އެކުލަވާލައިގެން ކޮންމެ ދުވަހަކު ވެސް މައްސަލަ ބްރީފް ކުރަމުން ގެންދާ ކަމަށާއި މައްސަލަ އާއި މެދު ފާހަގަވާ ކަންތައްތައް ކޮންމެ ދުވަހަކު މެންބަރުންނަށް ހިއްސާ ކުރައްވާ ކަމަށެވެ. 

އޭސީސީން މިފަދައިން ބުނެފައިވާއިރު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެފައިވަނީ ފްލެޓްތަކުގެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އޭސީސީއަށް ފޯމުތަކުގެ މައުލޫމާތުގެ އެކްސަސް މިހާރު ދީފައިވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.